މުބާރާތް
ނަންބަރު: (IUL)403-A/403/2022/157
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:52
ސުންގަޑި: 28 ސެޕްޓެންބަރު 2022 13:00
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ލޯގޯ ފަރުމާ ކުރުން

                      ނަންބަރު: (IUL)403-A/403/2022/157

އިޢުލާން

 

ކައުންސިލްގެ ލޯގޯ ފަރުމާކޮށްދިނުމާ ގުޅޭ

 

      ހައްދުންމަތީ މާމެންދޫ ކައުންސިލްގެ ލޯގޯ މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ޝަޢުޤުވެރިވާ ފަރާތްތަކަށް ހުޅުވާލަމެވެ.

      ލޯގޯ އަދި ފަރުމާކުރުމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި  މަޢުލޫމާތު ކަރުދާސް  ބޭނުންވެ މި ކައުންސިލާ ގުޅުއްވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް އީމެއިލްގެ ޒަރީޢާއިން ފޯރުކޮށް ދެވޭނެ އެވެ.

     ލޯގޯ ފަރުމާކޮށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ޝަރުޠުތައްހަމަވެ، އަދި އެންމެ ރަނގަޅުކަމަށް ކައުންސިލުން ކަނޑައަޅާ ލޯގޯ ފަރުމާކުރެއްވި ފަރާތަކަށް  2,000.00 (ދެހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ލޯގޯ ހުށައެޅުމުގެ ސުންގަޑި

     ލޯގޯ ފަރުމާއި ކުރުމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ފޯމެޓާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ތަކެތި ހުށައަޅާނީ 2022 ސެޕްޓެންބަރު 28 ވާ ބުދަ ދުވަހުގެ 13:00 ކުރިން ލ.މާމެންދޫ ކައުންސިލް އިދާރާއަށެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ [email protected] މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން:

ފޯން: 6800705

އީމެއިލް: [email protected]

     ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

                17 ޞަފަރު 1444ހ.

13 ސެޕްޓެންބަރު 2022