ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-E/13/2014/318
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 12:38
ސުންގަޑި: 06 ނޮވެންބަރު 2014 14:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ (އެމް.އެސް 1)

މަޤާމު:

އެކައުންޓްސް އޮފިސަރ  (އެމް.އެސް 1)

ބޭނުންވާ އަދަދު:

1

މުސާރަ:

-/5,610 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ސެކްޝަން:

ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަން/ ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަން  

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ބިޒްނަސް، ފައިނޭންސް، އިކޮނޮމިކްސް ނުވަތަ އެކައުންޓިންގ ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ބިޒްނަސް، ފައިނޭންސް، އިކޮނޮމިކްސް ނުވަތަ އެކައުންޓިންގ ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ބިޒްނަސް، ފައިނޭންސް، އިކޮނޮމިކްސް ނުވަތަ އެކައުންޓިންގ ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކައުންސިލްތަކުން ފޮނުވާ ޕޭމަންޓް ވައުޗަރުތައް އެސް.އޭ.ޕީ ސިސްޓަމަށް އެންޓަރކޮށް، ޕޭމަންޓް ޕްރޮސެސް ކޮށް، ލޯކަލް ޓްރާންސްފަރ އިން ކައުންސިލްތަކުގެ އެކައުންޓުތަކަށް ޖަމާކުރުން. ނުވަތަ ޗެކް ދޫކުރުން
  • ކައުންސިލްތަކަށް ބޭނުންވާ މަޢުލޫމާތު ހޯދައިދިނުމުގައި އެހީތެރިވެދިނުން. މިގޮތުން ފޮނުވާ ސިޓީ، މެސެޖް އަދި މެއިލްތަކަށް ޖަވާބުދާރީވުން އަދި ކައުންސިލްތަކަށް ބޭނުންވާ ރިޕޯޓުތައް ފޮނުވުން.
  • ދައުލަތުން ހޯދާ މުދަލާއި ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާއާއި ގުޅިގެން ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަނުން ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • ދައުލަތުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ޕަބްލިކް އެކައުންޓިންގ ސިސްޓަމް ބެނުންކުރާނެ ގޮތުގެ ޓްރެއިނިންތައް، ކަމާގުޅޭ ސެކްޝަންތަކާ ގުޅިގެން، ރާވައި ހިންގުން.
  • ކައުންސިލްތަކުގެ ފައިނޭންޝަލްސް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދީ އެ މަސައްކަތް ކުރުވުން.
  • ކައުންސިލްތަކުގެ ޓްރަސްޓް ފަންޑް އުފެއްދުމާއި ފަންޑުން ޚަރަދު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • މީގެ އިތުރުންވެސް ހަވާލުވެފައިވާ ކައުންސިލްތަކުގެ މަސައްކަތެއް ކުރަން ޖެހިއްޖެ ހާލަތެއްގައި ކުރުން.
  • މި މިނިސްޓްރީން ޚިދުމަތް ހޯދާ ފަރާތްތަކަށް ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަނުން ދޭންޖެހޭ މައުލޫމާތު ދިނުމާއި މި މިނިސްޓްރީގެ ޗެކު ދޫކުރާ ކައުންޓަރުގައި މަސައްކަތް ކުރުން

އުޖޫރައާއި އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ

ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.

އާސަންދަ (ހެލްތް އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.  

- މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި) އަދި ޓްރާންސްކްރިޕްޓް

- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު

- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ސުންގަޑި:

06 ނޮވެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349335 / 3349171 ނަންބަރ ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެކްޓިކަލް އާއި އިމްތިޙާނު ކުރުން މި މިނިސްޓްރީގައި ބޭއްވޭނެއެވެ.

28 ޛުލްޙިއްޖާ 1435

22 އޮކްޓޫބަރު 2014