ދިވެހިރާއްޖެ
މިކައުންސިލުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޢާއިލީޕާކުގައި އިންސްޓޯލްކުރުމަށް ބޭނުންވާ ފެންސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި މިކައުންސިލްގެ އިޢުލާން ނަންބަރ (IUL)376/376/2021/29 ގެ މަޢުލޫމާތު ޝީޓަށް ބަދަލުތަކެއް ގެނެވިފައިވާތީ އެއިޢުލާން ބާތިލްކޮށް މިތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މިތަކެތި ސަޕްލައިކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ބިޑް ހުށަހެޅުއްވޭނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ސަތޭކަ ޕަސެންޓް ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައިވެސް ދަންނަވަމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި ބިޑްގައި ބައިވެރިވުމަށް ރަޖިސްޓަރކުރުމަށް ހުޅުވާލަމެވެ. މި މުއްދަތުގައި ބިޑްގައި ރަޖިސްޓަރވުމަށްއެދި މި ކައުންސިލަށް ހުށަޅުއްވާފައިނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ. ހުށަހަޅާ ބިޑްތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ މިކަމަށް އެދި ބިޑް ހުށަހަޅުއްވާ ހުރިހާ ފަރާތެއްގެ ޙާޟިރުގައި 3 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 11:00 ގައި ބަނޑިދޫ ކައުންސިލް އިދާރާގައެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 21 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 11:00 ގެ ކުރިން 9650005/7992129 އަށް ގުޅައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.