ދިވެހިރާއްޖެ
(IUL)374-C/374/2022/33 :ނަންބަރު
އިއުލާން
ފ.ނިލަންދޫ އަންހެނުންގެ މަރުކަޒުގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން:
ފ.ނިލަންދޫ އަންހެނުންގެ މަރުކަޒުގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިމަސައްކަތާއި ގުޅޭ އިތުރު ތަފްޞީލު މައުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މައުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރާއި، ވެބުސައިޓާއި، ފޭސްބުކުޕޭޖުގެ އިތުރުން ގެޒެޓުން ނެގެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް 2022 ސެޕުޓެންބަރު 14 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މައުލޫމާތު ކަރުދާސް ނެންގެވޭނެއެވެ.
ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 ސެޕުޓެންބަރު 21 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. ބިޑްހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓުން : www.fncl.gov.mv ޑައުންލޯޑް ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ފ.ނިލަންދޫ އަންހެނުންގެ މަރުކަޒުގައި ކުރަންހުރި މަރާމާތު މަސައްކަތަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބިޑް ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
13 ސެޕްޓެންބަރު 2022