ބީލަން
ނަންބަރު: Q8C/IUL/2022/11
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި:
21 ސެޕްޓެންބަރު 2022 14:00
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮމްޕިޔުޓަރ ސިސްޓަމް ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދަން
އިޢުލާން
މިކޯޓުންދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް 2 ކޮމްޕިޔުޓަރ ސިސްޓަމް ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާން ނަންބަރު: Q8C/IUL/2022/10 އާއި ގުޅީގެން އެއްވެސް ފަރާތަކުން ބިޑް ހުށައަޅާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އެތަކެތި ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ. ވީމާ،
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ސެޕްޓެމްބަރ 14 އިން ފެށިގެން 2022 ސެޕްޓެމްބަރ 21 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް މިކޯޓަށް ވަޑައިގެން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރީކުރާ ފޯމް މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.
- މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ސެޕްޓެމްބަރ 22 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 ސެޕްޓެމްބަރ 25 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިކޯޓުގައެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2022 އޮކްޓޯބަރ 02 ވަނަ ދުވަހުގެ 11:00 ގައި މިކޯޓުގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓް
ގދ. ގދ.ފަރެސްމާތޮޑާ
ފޯނު: 6840141
އީ-މެއިލް: [email protected]
ބީލަންފޮތާއި ރަޖިސްޓްރީ ފޯމް، މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި މިކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
17 ޞަފަރު 1444
13 ސެޕްޓެމްބަރ 2022
13 ސެޕްޓެންބަރު 2022