ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/1/2022/ 132
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 10:56
ސުންގަޑި: 15 ސެޕްޓެންބަރު 2022 00:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ޅ.މާފިލާފުށީގައި ކުރިއަށް ގެންދާ އަސްކަރީ ތަމްރީނާއި ގުޅޭގޮތުން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް )އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް 2022 ސެޕްޓެމްބަރު 11 އިން 15 އަށް ކޮންމެ ދުވަހެއްގެ 18:00 އިން 06:00 އަށް ޅ.މާފިލާފުށިގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިމިނިސްޓްރީއަށް އަންގަވާފައިވެއެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

1.ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް :             މިނީ ފްލޭވަރ، ޕެރަޝޫޓް ފްލޭއަރ

2.ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން:       200 މީޓަރު

3.ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:      200 މީޓަރު

4.ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:       ސީ.ލެވެލް

5.ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން:        ޅ.މާފިލާފުއްޓާއި ، މާފިލާފުށި ވަށައިގެންވާ ސަރަހައްދު

   

ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ. 

13 ސެޕްޓެންބަރު 2022