މަސައްކަތް
ނަންބަރު: (IUL)FAH-A /2014/16
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 30 އޮކްޓޫބަރު 2014 13:00
ފ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލުގެ އިމާރާތްތަކުގައި ހުރި މަރާމާތުތައް ކުރުން

މި ހޮސްޕިޓަލުގައި ހުރި ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތްތެއް ހޯދުމަށް ކުރި ނަންބަރު IUL)FAH-A/2014/15)ފ(07 ސެޕްޓެންބަރު 2014) ގެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގައި މައްސަލަތައް ހުރުމާއެކު، އަލުން އެމަސައްކަތް ކުރުމަށް ބޭނުންވާ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުގެ ޓެންޑަރ ކޮމެޓީން ނިންމާފައިވުމާއެކު، އެއިޢުލާނު ބާޠިލު ކުރުމަށްފަހު، އަލުން އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

1. ހޮސްޕިޓަލުގެ ކުލިނިކަލް ބައިގެ ބައެއް ދޮރާއި ދޮރުފަތްތައް އެލްމެނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކުރުން

2. ހޮސްޕިޓަލުގެ އޮފީސް އިމާރާތުގެ ބައެއް ދޮރާއި ދޮރުފަތްތައް އެލްމެނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކުރުން

3. ހޮސްޕިޓަލުގެ ކުލިނިކު ބައިގެ އިމާރާތުގެ ބައެއް އަސްކެނިތަކުގެ ސީލިންގ ބަދަލުކުރުން

4. ހޮސްޕިޓަލުން ކަނޑައަޅާ އަދަދަކަށް ކުލައާއި ދަވާދު އަދި ލެޑްބޮކި ސަޕްލައިކޮށްދިނުން

މިކަމަށް އެދޭ ފަރާތަކުން 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 13.00 އަށް މިނިސްޓްރީ އޮފް ހެލްތަށް ނުވަތަ ފ. އަތޮޅު ހޮސްޕިޓަލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 13.00 އަށް މިނިސްޓްރީ އޮފް ހެލްތަށް ނުވަތަ ފ. އަތޮޅު ހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.

23 އޮކްޓޫބަރު 2014