ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ؛
މިކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށްޓަކައި ކޯޓު ހިންގާ އިމާރާތަށް ބައެއް ބަދަލު ގެނައުމުގެ މަސައްކަތް، މި ކޯޓުން ފޯރުކޮށްދޭ މައުލޫމާތާއި، ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ސެޕްޓެންބަރު 2022 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 ސެޕްޓެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. މިމުއްދަތުގައި ރަޖިސްޓްރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ.
ބީލަމުގައި ރަޖިސްޓްރީވުމަށް، ތިރީގައިވާ މަޢުލޫމާތުތައް ހިމެނުމަށްފަހު [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
- ކުންފުނީ/ވިޔަފާރީގެ ނަމާއި، ރަޖިސްޓްރީ ނަންބަރު
- ވެރިފަރާތުގެ ނަމާއި، ދާއިމީ އެޑްރެސް
- ގުޅޭނެ ފޯނު ނަންބަރު، އީ-މެއިލް އެޑްރެސް
މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 26 ސެޕްޓެންބަރު 2022 ވާ ހޯމަ ދުވަހުގެ 13:00 ގައި ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގައެވެ. މިމަސައްކަތައް އަންދާސީހިސާބު ހުށަހެޅޭނީ ކުންފުނި (ޕާރޓްނަރޝިޕް) ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ (އެސްއެމްއީ) ގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި މިމަސައްކަތައް އަންދާސީހިސާބު ހުށަހަޅާ ފަރާތަކީ، "ނެޝެނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ" ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، މި މަސައްކަތައް އެފަރާތަކުން ހުށަހަޅާ އަގުގެ މަސައްކަތް ކުރެވޭ ކެޓަގަރީގެ ފަރާތަކަށް ވާންވާނެއެވެ.
އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވެރިފަރާތް ނޫން އެހެން ފަރާތެއް ފޮނުވާނަމަ އެމީހަކީ ވެރިފަރާތުން ފޮނުވި މީހެއްކަން އެނގޭނެފަދަ ލިޔުމަކާއި ހާޟިރުވާފަރާތުގެ އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ.
މިމަސައްކަތުގެ މަޢުލޫމާތު ޝީޓާއި، އަންދާސީ ހިސާބު ހުށަހަޅާފޯމު އަދި ކުރެހުން ސެޓް އިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، [email protected] އަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ.
15 ޞަފަރު 1444
12 ސެޕްޓެންބަރު 2022