ދެންނެވުން
ނަންބަރު: (IUL)303-AS/2022/44
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 15 ސެޕްޓެންބަރު 2022 00:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯމް ސޯލަރ (އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް) ޕްރޮޖެކްޓާއި ގުޅޭ

     ހޯމް ސޯލަރ ޕުރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށްޓަކައި ފެނަކަ ކޯޕަރޭޝަންއިން ބާއްވާ ބައްދަލުވުން 14 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ ރޭ 20:30 ގައި އުނގޫފާރު ސުކޫލް އޭވީ ރޫމްގައި އޮންނާނެއެވެ. މި ޕްރޮގްރާމްއަކީ ފެނަކަ ކޮޕަރޭޝަނާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.

                މި ހޯމް ސޯލަރ ޕްރޮގްރާމަކީ ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަކޮށްދޭ ނިޒާމަކަށްވުމުން މިޕްރޮޖެކްޓާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގައި ވީހާވެސްގިނަ ފަރާތްތަކުން ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ.

12 ސެޕްޓެންބަރު 2022