ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2022/55
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:26
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރައްޤީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާގޮތް ރައްޔިތުންނާއި ޙިއްސާކުރުން

ތަރައްޤީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާގޮތް ރައްޔިތުންނާއި ޙިއްސާކުރުން

   މިއަހަރުގެ ޖުލައި އަދި އޮގަސްޓް މަހުގެ ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު އާއްމުކޮށް އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.

1-  ކައުންސިލްގެ އިދާރާގެ އައު އިމާރާތް އެޅުމަށް ކަނޑައެޅިފައިވާ ރުއްގަހުގެ ބަދަލުދިނުމަށްފަހު މިހާރު އެރެުއްތައް ކަނޑަމުން ގެންދިއުން  

2-  މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން އަންހެނުންގެ ބަށިމެޗެއް ކުޅެވުނެވެ.

3-  އައުޓު ޑޯ ޖިމްގެ ނުނިމި ހުރި  މަސައްކަތްތަކުގެތެރެއިން ޖިމްގެ މެޝިންތައް ބަހައްޓައި ނިންމުން .

4-  މިއަހަރުގެ އަޟްޙާ ޢިދުގެ ޕްރޮގްރާމްތައް ކުލަގަދަކޮށް ފާހަގަކުރުން .

5-  ރަށުގެ އިޖުތިމާއީ ސަރަޚައްދުތައް ސާފުކުރުން ( ޖުލައި / އޮގަސްޓް 2022)

6-  ދިރާޤް ޕްރައިވެޓް ލިމިޓެޑާއި ކައުންސިލާއި ގުޅިގެން ރަށުގެ ހޯމް ބްރޯޑްބޭންޑް އިންޓަރނެޓްގެ ހިދުމަތް ދިނުމަށްޓަކާ އެކަމަށް ބޭނުންވާ ކޭބަލް ވަޅުލައި ފޮށިތައް ބެހެއްޓުމުގެ މަސައްކަތް ކުރުން ( އޮގަސްޓް 2022)

7-  ކިނބިދޫ ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓާއި ގުޅިގެން ކިނބިދޫގެ ފުޓުބޯޅަ ދަނޑު ތަރައް ޤީކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށް މަސައްކަތުގެ ތެރެއިން ދަނޑުގެ ފެންހިންދާ ޓޭންކްތައް އެޅުމުގެ މަސައްކަތް ކރެވުނު( ޖުލައި އޮގަސްޓް  2022)

8-  ކިނބިދޫ ކުޑަކުދިންގެ ޕާކު ވަށައި ފާރު ގެ ސިމެންތި ޖެހުމުގެ މަސައްކަތް ފަށައި ކުރިޔަށް ގެންދިއުން  ( ޖުލައި/ އޮގަސްޓް 2022 )

9-  ގޭގެއިން ކުނި އުކާލުމުގެ ނިޒާމެއް ޤާއިމްކޮށް އަމަލީ މަސައްކަތް ފަށައިގެން އެމަސައްކަތް ކުރިޔަށް ގެންދިއުން

10-  ކިނބިދޫ ސްކޫލު ބީޗް ތަރައްޤީކުރުމަށް އަމަލީގޮތުންނާއި މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުން ( ޖުލައި/ އޮގަސްޓް 2022)

11-  ކައުންސިލް އިދާރާ ގޯތިތެރޭގައި ރައްޔިތުންގެ ގުދަނެއް އެޅުމުގެ މަސައްކަތް ފަށައި ނިންމުން ( ޖުލައި / އޮގަސްޓް 2022)

12-  ރަށުގެ ލިންކްރޯޑް ތަރައްޤީކުރުމުގެގޮތުން ޣާޒިމަގުންފެށިގެން ހުޅަނގުކޮޅަށް ކެނޑުމަށް ހަމަޖެހިފައިވާ މަގުގެ ރުއްގަހަށް ބަދަލު ދިނުމުގެގޮތުން ރުއްގަހުގެ ހިސާބުބަލައި ރުއްގަހުގެ ވެރިފަރާތް ހޯދުމަށް އޢްލާނުކުރުން  ( އޮގަސްޓް 2022 )

13-  ރަށުގެ އިޖްތިމާޢީ ތަރައްޤީގެ މަސައްކަތްތަކާ، ރަށުގެ ހޭޅިފަށުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގެގޮތުން ކައުންސިލް އަށް އެކްސްކަވޭޓަރެއް ގެނައުމަށްޓަކާ ކައުންސިލްގެ ޖަލްސާގައި މަޝަވަރާކުރުން

14-  ކިނބިދޫ ޕޮލިސްޓޭޝަން  ( އަންހެނުންގެ މަރުކަޒު) ގެ 1 ފާޚާނާ ބޭނުންނުކުރެވޭވަރަށް ހަލާކުވެފައިވާތީ  މި ފާޚާނާ ކައުންސިލްގެ ޚަރަދުގައި މަރާމާތުކޮށްދިނުމުގެ މަސައްކަތް ފެށުން .

15-  ރަށުގެ ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށްޓަކާ އެކަން ކޮށްދެއްވާނެ ފަރާތެެއް ހޯދައި އެފަރާތް ރަށަށް ގެނައުމަށްޓަކާ އެކަމަށް ބޭނުންވާ ދަތުރުޚަރަދުގެ ޓިކެޓް ގެ އަގަށްވާފައިސާ މޯލްޑިވިއަން އާ ހަވާލުކުރުން  (އޮގަސްޓް 2022 )       

   މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ސެޕްޓެންބަރު 2022