މަސައްކަތް
ނަންބަރު: ADMHR-MPL/2014/156
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 10:44
ސުންގަޑި: 30 އޮކްޓޫބަރު 2014 13:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
2 ރެކު ޖަހައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިކުންފުނިން ކޮށްފައިވާ ނަންބަރު (ADM-MPL/2014/145ފ- 08 އޮކްޓޫބަރު 2014) ގެ އިޢުލާނަށް ލިބިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީއާއި، އަދި އެހެން ބައެއް ސަބަބުތައް ހުރުމާއެކު، މިއިޢުލާން ބާޠިލުކޮށްފީމެވެ.

މިކުންފުނިން ދައްކާ ނަމޫނާއާ އެއްގޮތަށް އެއަރޕޯޓް ޕޯސްޓް ޝޮޕްގައި ބެހެއްޓުމަށް 2 ރެކު ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެވަޑައިގެންނަވާ ފަރާތްތަކުން 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 13:00އަށް ޕޯސްޓް ބިލްޑިންގގެ 5ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ވަޑައިގެން ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

ނޯޓް:

  • މަޢުލޫމާތު ފުރިހަމަ ނޫން ބިޑްތައް ބާޠިލު ކުރުމުގެ ފުރިހަމަ އިޚުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. އަދި މިނޫންވެސް ސަބަބެއް ދިމާވެގެން ބިޑް ބާޠިލުކުރަން ޖެހިއްޖެ ޙާލަތެއްގައި ބާޠިލު ކުރުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

29 ޛުލްޙިއްޖާ 1435

23 އޮކްޓޫބަރު 2014