މަސައްކަތް
ނަންބަރު: (IUL)451-FP/1/2014/40
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 10:40
ސުންގަޑި: 02 ނޮވެންބަރު 2014 10:30
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދިވެހި، އިސްލާމް އަދި ޤުރުއާން މާއްދާގެ ސިލަބަސް، ޓީޗިންގ ލަރނިންގ މެޓީރިއަލްސް އަދި ކުދިންގެ މަސައްކަތް ތައްޔާރުކޮށް ލޭއައުޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

2015ވަނަ އަހަރު ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ދިވެހި، އިސްލާމް އަދި ޤުރުއާން މާއްދާގެ ސިލަބަސް، ޓީޗިންގ ލަރނިންގ މެޓީރިއަލްސް އަދި ކުދިންގެ މަސައްކަތް ތައްޔާރުކޮށް ލޭއައުޓް ހަދައިދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

02 ނޮވެންބަރު 2014 ވަނަ ދުވަހުގެ 10:30 އަށް

06 ނޮވެންބަރު 2014 ވަނަ ދުވަހުގެ 11:30 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3012369 ނަންބަރު ފޯނާއެވެ.

29 ޛުލްޙިއްޖާ 1435

23 އޮކްޓޫބަރު 2014