ދިވެހިރާއްޖެ
a
ހިތަދޫ ޕޯޓް ލިމިޓެޑް
ސ.ހިތަދޫ، ދިވެހިރާއްޖެ
HPL/ I-2022/04ނަންބަރު:
އިޢުލާން
މިކުންފުނީގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
- މަޤާމް: ޑްރައިވަރ
އަސާސީ މުސާރަ: -/4400 ރުފިޔާ
އެހެނިހެން ޢިނާޔަތްތައް: 3000ރ - 4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ
ބޭނުންވާ ޢަދަދު: 01
ފެންވަރު ނުވަތަ ޝަރުތު (ތަޢުލީމާއި ތަޖުރިބާ):
- · މަސައްކަތާއި ގުޅޭ ދާއިރާއަކުން ސެޓްފިކެޓް ލެވެލް 01 ގެ ސަނަދެއް އޮތުން. ނުވަތަ
- ގްރޭޑް 08 ގެ ފެންވަރު ހުރުމާއިއެކު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ކެޓަގަރީ B1,B2,C1,C2ދުއްވުމުގެ ލައިސަންސް އޮތުން.
އިތުރުމަޢުލޫމާތު: މި މަޤާމަށް މުސާރަ އަދި އިނާޔަތްތަކުގެ އިތުރަށް އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.
ސިޓީ ފޮނުއްވުމުގެ މުއްދަތަކީ 20 ސެޕްޓެމްބަރ. 2022 ގެ 14:00 ކުރިންނެވެ. ސިޓީ ހުށަހަޅުއްވާއިރު ވަޒީފާއަށް އެދޭ ފަރާތުގެ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީއާއި، އެދޭ މަޤާމް ސާފުކޮށް އެގޭނެހެން ސިޓީއާއި، ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް ރަނގަޅަށް އެނގޭގޮތަށް) ހުށަހަޅުއްވަންވާނެއެވެ. ކުރިން އެހެން ވަޒީފާއެއް އަދާކޮށްފައިވާ ނަމަ އެތަނަކާއި، އުޅެފައިވާ މުއްދަތު އަދި މަޤާމް އެގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށައަޅާ ލިޔެކިޔުންތައް ބަލައިގަންނާނީ އީމެއިލް އިންނެވެ. އީމެއިލް އިން ލިޔެކިޔުންތައް ފޮނުވަންވާނީ މިކުންފުނީގެ އެޗް-އާރް މެއިލް [email protected] އަށެވެ. އީމޭލް ފޮނުވާއިރު ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ. ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުތުހަމަވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 8558 688 އަށް ގުޅުއްވުން އެދެމެވެ.
16 صَفَر 1444
12 ސެޕްޓެމްބަރ 2022