ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ދޮންފަނު ސްކޫލްގެ ވަށާފާރު ރޭނުމަށް ބޭނުންވެއްޖެ
ދޮންފަނު ސްކޫލްގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: GS138/IUL/2022/P03 އާއި ގުޅިގެން ހުށަހެޅިފައިވާ އަގު އެކަށީގެން ވާވަރަށްވުރެ ބޮޑު ކަމަށް ފެންނާތީވެ، އެ އިޢުލާން ބާޠިލްކޮށް، މަތީގައި ބަޔާންކޮށްފައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
1. ދޮންފަނު ސްކޫލްގެ ވަށާފާރު ރޭނުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
2. މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ސެޕްޓެންބަރު 13 ން 2022 ސެޕްޓެންބަރު 21 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް ސްކޫލަށް ވަޑައިގެން ނުވަތަ ސްކޫލްގެ ނަންބަރު 6600010 / 6601002 ފޯނަށް ގުޅުއްވައި ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ސެޕްޓެންބަރު 25 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2022 ސެޕްޓެންބަރު 26 ވާ އަންގާރަ ދުވަހުގެ 11:00 ގައި ދޮންފަނު ސްކޫލްގައެވެ.
5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
6. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ދޮންފަނު ސްކޫލް
ބ.ދޮންފަން / ދިވެހިރާއްޖެ
ފޯން: 6600010 ، 6601002
އީ-މެއިލް: [email protected]
16 ޞަފަރު 1443