ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)371-CAA/371/2022/49
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 20:34
ސުންގަޑި: 20 ސެޕްޓެންބަރު 2022 13:00
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ މަޢުލޫމާތު ސާފުކުމާއި ގުޅޭ

  މިކައުންސިލްގެ 27ވަނަ ޢާއްމު ޖަލްސާއިން ނިންމާފައިވާގޮތަށް މިރަށުގައި ޤާއިމު ކުރަމުންގެންދާ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ތެރެއިން ހޮޅިލައިން ވަޅުލުމަށް ހަމަޖެހިފައިވާ އަލަށް ހެދޭ މަގުތަކުގެ ތެރެއިން މިދަންނަވާ މަގުތަކުގައި އަމިއްލަ ފަރާތްތަކުން އިންދާފައިހުރި ކަނދުބުޑުނުލާ ކުދިރުއްތަށް ނަންގަވައިދެއްވުމަށް އެދި ދަންނަވަމެވެ. އަދި ހަމަ މި މަގުތަކުގައި ހުރި މިދަންނަވާ ރުއްގަހުގެ މަޢުލޫމާތު ސާފުކުރަން ބޭނުންވެއެވެ. މި ރުއްތަކުގައި ނޫކުލައިގެ ދަވާދުން 1 ން 17 އަށް ނަންބަރު ޖަހާފައި ވާނެއެވެ.

  1. ތޫނިސް ގޯތީގެ އިރުދެކުނު ކަންމަތީގައި ހުރި ނުފޯދޭ ކުޑަ ރުއްތަކެއް 01 ން 05 އަށް 09 ން 10 އަށް ނަންބަރު ޖަހާފައި.
  2. ސިނާއީ ސަރަޙައްދުގެ ބިން ނަންބަރ 2 ގެ އުތުރުން  ނަންބަރު 6 ޖަހާފައިވާ ރުއް
  3. އެރިޒޯނާ ގޯތީގެ ދެކުނުން ނަންބަރު 7 ޖަހާފައިވާ ރުއް.
  4. މާފިލާ ގޯތީގެ ދެކުނުން ނަންބަރު 8 ޖަހާފައިވާ ރުއް.
  5. ތޫފާ ގޯތީގެ އިރުން ނަންބަރު 11 ޖަހާފައިވާ ރުއް.
  6. ނަރުދަމާ ސައިޓް ސަރަޙައްދުގައި ނަންބަރު 12 ޖަހާފައިވާ ރުއް.
  7. އަލަށް ގެވަޅު ދޫކުރުމަށް ކަނޑަ އަޅާފައިވާ ސަރަޙައްދުގެ އިރުން އޮތްމަގުގައި ހުރި ނަންބަރު 13 ން 16 އަށް ޖަހާފައިވާ ރުއް.
  8. ބީޗްސައިންގ ގޯތީގެ އިރުން ނަންބަރު 17 ޖަހާފައިވާ ރުއް.

                     ވީމާ، މިސަރަޙައްދުތަކުގައި އަމިއްލަ ފަރާތްތަކުން އިންދާފައިހުރި ކަނދުބުޑުނުލާ ކުދިރުއްތަށް މިއަދުން ފެށިގެން 10 ދުވަސް ތެރޭގައި ނެންގެވުމަށާއި، މި ރުއްގަހުގެ ވެރިފަރާތްތަކުން 2022 ސެޕްޓެމްބަރ 20 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން މި އިދާރާ އަށް ދުރުވެ މަޢުލޫމާތު ސާފުކޮށްދެއްވުން އެދެމެވެ. އަދި މި މުއްދަތުގެ ތެރޭގައި މަޢުލޫމާތު ސާފު ކޮށްދެވިފައި ނުވާ ރުއްތަކާއި، ކަނދުބުޑު ނުލާހުރި ރުއްތައް ނައްތާލެވޭނޭ ވާހަކަވެސް ދަންނަވަމެވެ.

                    ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

         15  ޞަފަރު 1444 ޙ

         11 ސެޕްޓެމްބަރ 2022 މ                             

11 ސެޕްޓެންބަރު 2022