ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)342/2022/107
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 15 ސެޕްޓެންބަރު 2022 14:00
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ މީޓިންގ ހޯލް ނިންމުމުގެ މަސައްކަތް ކުރުމަށް ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން މަސައްކަތު މުވައްޒަފަކު ހޯދުން

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

މަޤާމް:

މުނިސިޕަލް މަސައްކަތު

ބޭނުންވާ އަދަދު:

1 (އެކެއް)           

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ މުއްދަތު:

ކައުންސިލްގެ މީޓިންގ ހޯލްގެ މަސައްކަތް ނިމެންދެން.

ސެކްޝަން:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

ރަސްމީ މަސައްކަތު ވަގުތު:

ހަފްތާއަކު 6 ދުވަހު، ދުވާލަކު 8 ގަޑިއިރު

މުސާރަ:

މަސައްކަތްކުރާ ގަޑިއަކަށް 35.00 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މީޓިންގ ހޯލް ނިންމުމަށް ކުރަންހުރި ކަންކަން ކުރުމުގައި ސުޕަވައިޒަރުގެ ނުވަތަ މަސައްކަތް ދައްކަން ހުންނަ ފަރާތުގެ އިރުޝާދުގެ ދަށުން މަސައްކަތް ނިންމުމަށް ކުރެވޭ އެންމެ އަވަސް މިނުގައި މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠު:

ޢުމުރުން 18 އަހަރާ 55 އަހަރާ ދެމެދުގެ މީހަކު ކަމުގައި ވުމާއި، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

                   ވީމާ، މިމަޤާމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2022 ސެޕްޓެންބަރު 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީއާއެކު ސިޓީއަކުން އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެކަކަށްވުރެ ގިނަ މީހުން ކުރިމަތިލައިފިނަމަ މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު 2022 ސެޕްޓެންބަރު 18 އާއި 22 އާ ދެމެދު މި ކައުންސިލްގެ އިދާރާގައި އޮންނާއެވެ. އިންޓަވިއުއަށް ޙާޟިރުވާންވީ ގަޑި ކުރިމަތިލާ ފަރާތްތަކަށް އެންގޭނެއެވެ.

                   މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

11 ސެޕްޓެންބަރު 2022