ތަމްރީނު
ނަންބަރު: (IUL)249-A/249/2022/48
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 26 ސެޕްޓެންބަރު 2022 14:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލުން.

އިޢުލާން

ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލުން.

                 މި ކައުންސިލާއި ދާރުލް ޤުރުއާނާއި ގުޅިގެން މިއަންނަ އޮކްޓޯބަރު މަހު ޖަމާޢަތްތެރިން ތަމްރީނު ކުރުމުގެ ޕްރޮގުރާމެތް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

                 ވީމާ، މިޕްރޮގުރާމުގައި ބައިވެރިވުމުގެ ޝައުޤުވެރިކަންހުރި ފަރާތްތަކުން 13 ސެޕްޓެމްބަރ 2022 އިން 26 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން އައިޑީކާޑުގެ ކޮޕީއާއެކު މިއިދާރާގެ ކައުންޓަރަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތް:

ޕްރޮގްރާމްގައި ބައިވެރިވުމުގެ ފީ: 1500/- ( ފަނަރަ ސަތޭކަ ރުފިޔާ )

މުއްދަތު: 3 ހަފްތާ

ޕްރޮގްރާމް އޮނާނެ ދުވަސްތައް: ކޮންމެ ހަފްތާއަކު، ބުރާސްފަތި،ހުކުރު، ހޮނިހިރު ގައި.

ޕްރޮގްރާމް ހިންގޭ ތަން: ހއ.ކެލާ

ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ:  އޮކްޓޯބަރ 2022

                    މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

                     11 ސެޕްޓެމްބަރ 2022

11 ސެޕްޓެންބަރު 2022