މަސައްކަތް
ނަންބަރު: (IUL)30-PMU1/30/2022/270
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 26 ސެޕްޓެންބަރު 2022 13:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކ.މަނިޔަފުށި އަދި ހުޅުލޭގައި ގާއިމްކޮށްފައިވާ ލެބޯޓްރީއަށް ބޭނުންވާ އިކުއިޕްމެންޓާއި އެހެނިހެންތަކެތި ގަނެ، އިންސްޓޯލްކޮށް ޓެސްޓް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ބިޑް ހުށަހެޅުމުގެ ދަޢުވަތު

ކ.މަނިޔަފުށި އަދި ހުޅުލޭގައި ގާއިމްކޮށްފައިވާ ލެބޯޓްރީއަށް ބޭނުންވާ އިކުއިޕްމެންޓާއި އެހެނިހެންތަކެތި ގަނެ، އިންސްޓޯލްކޮށް ޓެސްޓް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

ދިވެހި ސަރުކާރުން ވާރލްޑް ބޭންކްގެ އެހީގައި ހިންގަމުންދާ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން، ކ.މަނިޔަފުށި އަދި ހުޅުލޭގައި ގާއިމްކޮށްފައިވާ ލެބޯޓްރީއަށް ބޭނުންވާ އިކުއިޕްމެންޓާއި އެހެނިހެންތަކެތި ގަނެ، އިންސްޓޯލްކޮށް ޓެސްޓް ކޮށްދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއެވެ.

 

ވީމާ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ބޭނުމަށް ކ.މަނިޔަފުށި އަދި ހުޅުލޭގައި ގާއިމްކޮށްފައިވާ ލެބޯޓްރީއަށް ބޭނުންވާ އިކުއިޕްމެންޓާއި އެހެނިހެންތަކެތި ގަނެ، އިންސްޓޯލްކޮށް ޓެސްޓް ކޮށްދިނުމަށް ބިޑް ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

މި ޕްރޮޖެކްޓްގެ ޕްރޮކިއުމެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮމްޕެޓެޓިވް ޕްރޮކިއުމެންޓް އުސޫލުގެ މަތިން، ވާރލްޑް ބޭންކުގެ ރިކުއެސްޓް ފޯ ބިޑްސް (ވަން އެންވެލޮޕް) މެދުވެރިކޮށް "ޕްރޮކިއުމެންޓް ރެގިއުލޭޝަން ފޮރ އައި.އީ.އެފް.ބޮރޯވަރސް" ޖުލައި 2016 ގައި ޝާއިރުކޮށް ނޮވެމްބަރ 2017 އަދި އޮގަސްޓް 2018 ގައި އިސްލާހުކޮށްފައިވާ (ޕްރޮކިއުމެންޓް ރެގިއުލޭޝަން) އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމަށް އެދެމެވެ.

[email protected]

 

ބިޑް ހުށަހަޅުއްވަންވާނީ 26 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބިޑް ހުޅުވަން ހަމަޖެހިފައިވަނީ 26 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 13:00 ގައި ހާޒިރުވެ ތިއްބެވި ބޭފުޅުންގެ ހާޒިރުގައި ތިރީގައިވާ އެޑްރެހުގައެވެ.

މިމަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 20,000.00 (ވިހި ހާސް) ދިވެހި ރުފިޔާ ނުވަތަ ޔޫ.އެސް.ޑޮލަރު 1300.00  (އެއްހާސް ތިންސަތޭކަ ޔޫ.އެސް.ޑޮލަރ) ހުށަހަޅަން ޖެހޭނެއެވެ.

ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ ތިރީގައިވާ އެޑްރެހުގައެވެ.

 

               ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް

                ހ.ވައިޓްވޭވްސް

                މޫންލައިޓް ހިނގުން

                ފޯން:  3322328    

               

                              11 ސެޕްޓެމްބަރ 2022  

11 ސެޕްޓެންބަރު 2022