މަސައްކަތް ކުރަންޖެހޭތަން
|
އޮޑިޓަރ ޖެނެރަލްގެ އޮފީސް
|
ޑިޕާޓްމަންޓް
|
ކޯޕަރޭޓް ސަރވިސަސް ޑިޕާޓްމަންޓް
|
އަސާސީ މުސާރަ
|
-/11500ރ (އެގާރަހާސް ފަސްސަތޭކަ ރުފިޔާ)
|
ސަރވިސް އެލަވަންސް
|
ސަރވިސް އެލަވަންސް (ފިކްސްޑް): -/3,300ރ.
ސަރވިސް އެލަވަންސް ދުވާލަކަށް 153/33ރ (ސަތޭކަ ފަންސާސް ތިންރުފިޔާ ތިރީސް ތިންލާރި)
|
ލިވިންގ އެލަވަންސް
|
-/3000ރ (ތިން ހާސް) ރުފިޔާ
|
އޮޑިޓް އެލަވަންސް
|
-/2000ރ (ދެ ހާސް) ރުފިޔާ
|
ޕްރޮފެޝަނަލް އެލަވަންސް
|
މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާނަމަ -/2000ރ (ދެހާސް) ރުފިޔާ
ޑިގްރީ ހާސިލްކޮށްފައިވާނަމަ -/1000ރ (އެއް ހާސް) ރުފިޔާ
|
އަސާސީ ޝަރުތު
|
- މަގާމުގެ މަސައްކަތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަގާމުގެ މަސައްކަތުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.
|
އެހެނިހެން ޝަރުތު
|
1. މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން ޢަމަލުކުރަންޖެހޭ އުސޫލާއި އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
2. ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އަދި ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑްގެ މެމްބަރެއްކަމުގައި ނުވުން.
3.ސަތުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
4. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.
|
މަގާމުގެ މަސްއޫލިއްޔަތު |
- އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ ޔުނިޓް ހިންގުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި އެ ޔުނިޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.
- ކޮމްޕިއުޓަރ ޔޫސަރޒްއަށް ދިމާވާ މައްސަލަތައް ބަލައި އެކަންކަން ހައްލުކުރެވޭނެ ނިޒާމެއް ގާއިމުކޮށް އިމްޕްލިމެންޓް ކުރުން.
- އިންފޮމޭޝަން ސިސްޓަމްސް ފުޅާކޮށް ވަރުގަދަކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް، ރާއްޖެއިންނާއި ރާއްޖެއިން ބޭރުގެ ކަމާގުޅޭ މާހިރުންނާ މުޢާމަލާތްކޮށް އިންފޮމޭޝަން ސިސްޓަމްސް ތަރައްޤީކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން.
- އިންފޮމޭޝަން ސިސްޓަމްގެ ގަވާއިދު ތައްޔާރުކޮށް، އެގަވާއިދުތަކަށް މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ހުރިހާ ކަމެއްކުރުން.
- ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުން ބަލައި ދިރާސާކުރުން.
- ކޮމްޕިއުޓަރ ބޭނުންކުރާ ފަރާތްތަކަށް، ބޭނުންވާ ތަމްރީން ދިނުމާއި ކޮމްޕިއުޓަރ އެކިއެކި އެއްޗެހި ބޭނުންކުރާނެ ރައްކާތެރި ފަސޭހަގޮތް ބުނެދިނުން.
- ކޮމްޕިއުޓަރަށް ދިމާވަ މައްސަލަތައް ހައްލުކުރުން.
- ނެޓްވަރކް ފަރުމާކޮށް އިމްޕްލިމެންޓް ކުރުމާއި ސެކިއުރިޓީ ކަންތައްތައް ބެލެހެއްޓުން
- އޮފީހުގެ އީމެއިލްގެ އެންމެހާ ކަންތައްތައް ބަލަހައްޓާ މެއިންޓެއިން ކުރވޭނެ ޕްރޮސީޖަރ ހަދާ އިމްޕްލިމެންޓްކުރުން.
- ކޮމްޕިއުޓަރ ޕްރޮގްރާމްތައް ރަނގަޅުކުރުމާއި ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުމަށް ބެނުންވާނެ ހުރިހާ ކަމެއް ކުރުމާއި އަދި ޔޫސަރޒް އަށް އެ އަންނަ ބަދަލުތައް އަންގައިދިނުން
- އޮފިހުގެ ވެބްސައިޓް ޑިވެލޮޕް ކުރުމާއި ވެބްސައިޓް އަޕްޑޭޓް ކުރުން ނުވަތަ އަޕްޑޭޓް ކުރުމުގެ ޕްރޮސީޖަރތައް ހަދާ އިމްޕްލިމެންޓް ކުރުން.
- ޑޮކިއުމަންޓް އަދި ޑިޕާޓްމަންޓްތަކަށް ދޭންވާ އެކްސެސްތަކުގެ ކަންތައްތައް ބަލަހައްޓާ ޑޮކިއުމަންޓް މެނޭޖް ކުރާނެ ސިސްޓަމެއް ގާއިމް ކުރުން.
- ސްޓޯރޭޖް އާކައިވް ބެލެހެއްޓުން.
- ބެކަޕް، ޑޭޓާ ޝެއަރިންގ އަދި ޑިޒާސްޓަރ ރިކަވަރީ ޕްރޮސީޖަރ ހަދާ އިމްޕްލިމެންޓްކުރުން.
- އޮފީހުގެ އެންޓިވައިރަސް ބެލެހެއްޓުމުގެ ޕްރޮސީޖަރ ހަދާ އިމްޕލިމެންޓްކުރުން.
- އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިއެހެން ކަންތައްތައް ކުރުން
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
- ކަވަރ ލެޓަރ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ
5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)
6. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.
|
އެހެނިހެން
|
- އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
- ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
- ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
- މިމަޤާމަށް މުވަައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
- މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
- އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.
|
އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި
|
19 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން.
https://www.audit.gov.mv/vacancies
|
އިތުރު މަޢުލޫމާތު
|
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348200، 3348275 ނަންބަރު ފޯނަށެވެ.
|