ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-B6/1/2022/ 243
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 23:22
ސުންގަޑި: 12 ސެޕްޓެންބަރު 2022 22:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ދެކުނު ބަނދަރު ސަރަހައްދުގައި ޤާއިމްކޮށްފައިވާ ފެންވިއްކާތަނުން" ކިއޮސްކު " ފެންވިއްކުމާއި ގުޅޭ.

މާލެ ދެކުނު ފަރާތު ފަޅުބޭނުން ކުރާ އުޅަނދު ފަހަރަށް ބޭނުންވާ ސާފުބޯފެން ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާތީ 9 ސެޕްޓެމްބަރ 2022 ވާ ހުކުރު ދުވަހުން ފެށިގެން ތިރީގައިވާ ވަގުތު ތަކުގައި ފެންވިއްކުމަށް ޚާއްޞަކޮށްފައިވާ ތަން " ކިއޮސްކު  " ހުޅުވިފައި ހުންނާނެއެވެ. ފެން ވިއްކާ ކިއޮސްކު ބަންދު ވަގުތު ތަކުގައި ފެންގަންނަން ބޭނުންވާ ފަރާތްތަކަށް ތިރީގައިވާ ފޯނު ނަމްބަރއަށް ގުޅުމުން ފެންލިބޭނެ ކަމުގައި ދަންނަވަމެވެ.

 

ފެން ވިއްކާތަން " ކިއޮސްކު " ހުޅުވިފައި ހުންނަ ގަޑިތަށް.

 

  • ކޮންމެ ދުވަހެއްގެ ހެދުނު 9:00 ން މެންދުރު 12:00 އަށް.
  • މެންދުރުފަހު 2:00 ން ހަވީރު 6:00 އަށް.
  • ބަންދު ވަގުތުތަކުގައި ފެން ގަންނަން ބޭނުންވާ ފަރާތްތަކުން  9998385 ފޯނު އަށް ގުޅުއްވުމުން ފެން ލިބޭނެ އިންތިޒާމް ހަމަޖައްސާ ދެއްވާނެއެވެ.

ވީމާ، މިކަން  އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

 

08 ސެޕްޓެންބަރު 2022