ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-4A/426/2022/437
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:54
ސުންގަޑި: 25 ސެޕްޓެންބަރު 2022 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ފޭދޫ އަވަށުގައި ޕާރކިންގ ޒޯން ހެދުމަށް ކައުންސިލާއި އެއްބަސް ވެވޭ ގޮތެއްގެ މަތިން ބިން ނުވަތަ ބިމުން ބައެއް ދިނުމާއި ގުޅޭ

އިޢުލާން

                މި އަވަށުގެ މަގުތަކުގައި ޕާރކު ކުރެވޭނެ ޖާގައެއް ނެތުމުން ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައި ދިނުމަށް ޕާރކިންގ ޒޯން ހެދުމަށް ބޭނުންވެއެވެ. މި ޕާރކިންގ ޒޯންތައް ހެދުމަށް ބޭނުންވަނީ ކައުންސިލަށް ބިން ނުވަތަ ބިމުން ބައެއް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކާއި މަޝްވަރާކޮށް،  ފޭދޫ އަވަށު އޮފީހާއި އެފަރާތްތަކާއި ދެމެދު އެއްބަސް ވެވޭ ގޮތެއްގެ މަތިން ފޭދޫގެ ހިއްކާފައިވާ ބިމުން އެކަށީގެންވާ ބިމެއް އެފަރާތަކަށް ދޫކުރުމަށްފަހުގައެވެ.
                ވީމާ، ކައުންސިލަށް ބިން ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 25 ސެޕްޓެންބަރު 2022ވާ އާދީއްތަދުވަހުގެ 14:00ގެ ކުރިން 7789044 ނަންބަރަށް  މެސެޖުކޮށް އޮފީހުގައި ނަންނޯޓު ކުރެއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނަންބަރު6892018 ފޯނަށް ގުޅުއްވުން އެދެމެވެ.

12 ޞަފަރު 1444

08 ސެޕްޓެންބަރު 2022

08 ސެޕްޓެންބަރު 2022