ދިވެހިރާއްޖެ
ބައެއް ތަކެތި ގަތުމަށް ބޭނުންވެއްޖެ
މިއޮފީހަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއްޖެއެވެ.
| 
 އައިޓަމް  | 
| 
 ބްލޭޑް ސަރވަރ އެންކްލޯޝަރ  | 
| 
 ބްލޭޑް ސަރވަރ  | 
| 
 ސޭން ސްޓޮރެޖް  | 
| 
 ސަރވަރ ވާރޗުއަލައިޒޭޝަން ސޮފްޓްވެއަރ  | 
| 
 ބެކް އަޕް ސޮފްޓްއަރ  | 
މިއޮފީހަށް ބޭނުންވާ މަތީގައިވާ ތަކެތި ގަތުމަށް އިޢުލާނުކުރި ފަހުން ގަންނަން ބޭނުންވާ ތަކެތީގެ ރިކުއަރމަންޓް ބަދަލުވެފައިވާތީ، މި އޮފީހުގެ ނަންބަރު IUL)7-ADMN/1/2014/94)ފ(24 ސެޕްޓެންބަރު 2014) އިޢުލާން ބާޠިލުކޮށް، މިތަކެތި ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 4 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 12 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި 14:00 ގެ ފަހުން މިކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ހާޒިރުވާ ފަރާތްތަކަށާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތައް ހޯލަށް ނުވަދެވޭނެ ވާހަކަވެސް ދެންނެވީމެވެ.