ދިވެހިރާއްޖެ
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު |
MBC-PRC/294/10/2014 |
މި ކޯޕަރޭޝަންގެ އިންޖިނިއަރިންގ ޑިޕާޓްމެންޓްގައި ބޭނުންކުރާ ވީސީއާރު މަރާމާތުކުރަން ބޭނުންވާ ބައެއް ސްޕެއަރޕާޓްސް ގަންނަން ބޭނުންވެގެން ކުރެވުނު MBC-F/IU/2014/119 ނަންބަރު އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލުކޮށް، އެފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 29 އޮކްޓޫބަރު 2014 ބުދަ ދުވަހުގެ 2:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 04 ނޮވެންބަރު 2014 އަންގާރަ ދުވަހުގެ 2:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާއިރު މި ކޯޕަރޭޝަނުން ދޭ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކޮށް ހުށަހަޅުއްވަންވާނެއެވެ.
29 ޛުލްޙިއްޖާ 1435