ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2022/42
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:42
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ސާފު ކުރުމާ ގުޅޭ

މިރަށު ކެވެލި އަދި މާއޮޅު ގޯތީގެ ދެކުނުން އޮތް ހުސްބިމުގަޔާއި، ސަހަރާގެ ހުޅަނގުން އޮތް ހުސްބިމުގައި ހުރި އެންމެހާ ތަކެތި މިއަދުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ނަގައި، އެބިން ސާފުކުރުމަށް ދަންނަވަމެވެ.

                  ދަންނަވަމެވެ. ކެވެލި އަދި މާއޮޅު ގޯތީގެ ދެކުނުން އޮތް ބިން ހުސްކޮށް ސާފުކުރަނީ ފެނަކަ ކޯޕަރޭޝަންގެ އައު ނެޓްވޯކްގެ ޓްރާންސްފޯމަރ ހަޓް ބެހެއްޓުމަށެވެ. އަދި ސަހަރާގެ ހުޅަނގުން އޮތް ބިން ހުސްކޮށް ސާފުކުރަނީ ރަށުގެ ބީޗް ހެދުމަށް ބޭނުންވާ އިން ވަކިކުރުމަށް މަގު ސީދާ ކުރުމަށެވެ.

                  ވީމާ، މިމަސައްކަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި މަތީގައި ދެންނެވިފައިވާ ދެސަރަޙައްދު 7 (ހަތެއް) ދުވަސް ތެރޭގައި ބިން ސާފުކުރުމަށް ދަންނަވަމެވެ. އަދި މިފަދަ ކަންކަމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

 

ނޯޓް: އެއްވެސް ފަރާތަކުން ބޭނުންނަމަ، އެގެޔަކަށް ދޫކުރެވިފައިވާ ރުށްވަޅު ކައިރީގައި، އެހެންމީހުނަށް އުނދަގޫ ނުވާނެގޮތަށް އަދި މަގަށް ނާރާގޮތަށް ތަކެތި ބެހެއްޓިދާނެކަމުގައި ދަންނަވަމެވެ.

08 ސެޕްޓެންބަރު 2022