މަސައްކަތް
ނަންބަރު: A/IUL/344/2022/62
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:00
ސުންގަޑި: 20 ސެޕްޓެންބަރު 2022 10:00
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ފެރިދޫ ކުރީގެ ހުކުރު މިސްކިތުގައި ކުރަންހުރި މަރާމާތުތައް ކުރުމުގެ މަސައްކަތް (ތިންވަނަ އިޢުލާނު)

ޢިއުލާން

                  އއ.ފެރިދޫ ކުރީގެ ހުކުރު މިސްކިތުގައި ކުރަންހުރި މަރާމާތުތައް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން 2022 އޮގަސްޓް 28 ގައި ކުރި އިޢުލާނު ނަންބަރު  A/IUL/344/2022/56 އަށް އެއްވެސް ފަރާތަކުން ޝަޢުޤުވެރިކަން ފާޅުކޮށްފައި ނުވާތީ، އެ އިޢުލާނު ބާތިލުކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

                  މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2022 ސެޕްޓެމްބަރ 08 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2022 ސެޕްޓެމްބަރ 13  ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ގެ  ކުރިން [email protected] އަށް ނުވަތަ އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާއަށް، ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ / އައިޑީކާޑު ކޮޕީއަކާއި، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓާއި ފުރުމަށްފަހު ފޮނުއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 ސެޕްޓެމްބަރު 20 ވާ އަންގާރަ ދުވަހުގެ ހެނދުނު  10:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 2022 ސެޕްޓެމްބަރ 13 ވާ އަންގާރަ ދުވަހު މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލް މެދުވެރިކޮށް ނުވަތަ އއ.ފެރިދޫ ކައުންސިލްގެ އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

08 ސެޕްޓެންބަރު 2022