ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM-RDC-2022-115
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:30
ސުންގަޑި: 15 ސެޕްޓެންބަރު 2022 12:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު ( އދ.މާމިގިލި)

މި ކޯޕަރޭޝަންގެ އދ.މާމިގިލީ ޕްރޮޖެކްޓް ސައިޓުގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

 ޕްރޮޖެކްޓް އެސިސްޓެންޓް

ބޭނުންވާ ޢަދަދު:

 02 (ދޭއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް އޮފިސަރ - ގްރޭޑް 1

އަސާސީ މުސާރަ:

 މަހަކު -/4000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/1600ރ

- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އދ.މާމިގިލީ ޕްރޮޖެކްޓް ސައިޓު

ފެންވަރު ނުވަތަ ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން. ނުވަތަ،

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ސައިޓުގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުންގެ ހާޒިރީގެ ކަންތައްތައް ބެލެހެއްޓުން.

- މަސައްކަތާއި ގުޅިގެން ރަށުގެ އެކިއެކި އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުން.

- ސައިޓުގެ މަސައްކަތް ކުރިއަށްދާގޮތުގެ މަޢުލޫމާތު ދުވަހުން ދުވަހަށް އަންގަންޖެހޭ ފަރާތްތަކަށް އެންގުން.

- ޕްރޮޖެކްޓާއި ބެހޭ ގޮތުން ސައިޓުން ތައްޔާރު ކުރަންޖެހޭ ހުރިހާ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.

ސުންގަޑި:

-  މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 15 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

 ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  6. ދޫކުރި ފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ސެޕްޓެމްބަރ މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                    12 ޞަފަރު    1444  

08 ސެޕްޓެންބަރު 2022