ބީލަން
ނަންބަރު: (IUL)386/386/2022/60
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 19 ސެޕްޓެންބަރު 2022 14:00
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ގުރައިދޫ ބަނދަރުގެ ހުޅަނގު ފަރާތު ސަރަޙައްދުގައި މަސްކެނޑުމަށް ތަނެއްހެދުން

ކޮޅުމަޑުލު ގުރައިދޫ ބަނދަރުގެ ހުޅަނގު ފަރާތު ސަރަޙައްދުގައި މަސްކެނޑުމަށް ތަނެއްހެދުން

 

ކޮޅުމަޑުލު ގުރައިދޫ ބަނދަރު ސަރަޙައްދުގެ ހުޅަނގު ފަރާތުގައި މަސްކެނޑުމަށް ތަނެއް ހެދުމަށް ބޭނުންވާތީ  މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.

            ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

            މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 19 ސެޕްޓެމްބަރު 2022 ވަނަ ދުވަހުގެ 14:00ގެ ކުރިން މިކައުންސިލަށް ވަޑައިގެން ރެޖިސްޓްރީ ކުރައްވަން ވާނެއެވެ.

            ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 20 ސެޕްޓެމްބަރު 2022 ވަނަ ދުވަހުގެ 10:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. އަދި މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ވަޑައިނުގެންނެވިކަމުގައި ވިޔަސް ބިޑް ރަޖިސްޓްރީ ކޮށްފައިވާނަމަ ބީލަމުގައި ބައިވެރި ވެވޭނެއެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 20 ސެޕްޓެމްބަރު 2022 ވަނަދުވަހުގެ  14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

 

އެޑްރެސް : ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

ފޯން : 6780715

އީމެއިލް އައިޑީ : [email protected]

ބީލަން ހުޅުވުން އޮންނާނީ  03 އޮކްޓޯބަރު 2022 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ބީލަމުގައި ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

 

08 ސެޕްޓެންބަރު 2022