ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)317/2022/76
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:33
ސުންގަޑި: 29 ސެޕްޓެންބަރު 2022 00:00
މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު

 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ (އެމް.އީ.ސީ.ސީ.ޓީ) އިން ކުރިއަށްގެންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓާ ގުޅިގެން ބ.ދޮންފަނުގެ ކުނިމެނޭޖްކުރުމުގެމަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން ފޯރުކޮށްދެއްވާ އެހީގެ ދަށުން ޕިކަޕެއް ހޯދުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރ (IUL)317/2022/75 ( 17 އޮގަސްޓް 2022 ) އިޢުލާނަށް އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

ވީމާ ޕިކަޕް ވިއްކަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކައުންސިލުން އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން  މި އިޢުލާނާއެކު ޢާންމުކުރެވިފައިވާ  ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.

 

މި މަސައްކަތުގެ “ބީލަން ފޮތް'' މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ވާނެއެވެ. އަދި  މިކައުންސިލާ ގުޅުއްވުމުން ވެސް ބޭނުންވާ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ބިޑް ޑޮކިޔުމަންޓް ފޯރުކޮށް ދެވޭނެއެވެ.

 

ބިޑް ރަޖިސްޓްރީ ކުރުން

 

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކައުންސިލްގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ރަޖިސްޓްރީ ކުރެވޭނީ މިކަމަށް މިއިދާރާއަށް ވަޑައިގެން، ނުވަތަ މި އިދާރާގެ މެއިލް އެޑްރެސް  [email protected] އީމެއިލްއަށް ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ ތަފްސީލާއެކު ( ނަމާއި އެޑްރެސް / ފޯން ނަންބަރު / އީމެއިލް އެޑްރެސް / އައި.ޑީކާޑު ނަންބަރު، ވިޔަފާރި / ޖަމިއްޔާގެ ރަޖިސްޓްރީ ކޮޕީ ،އިޢުލާން ނަންބަރާއެކު ) ހުށަހެޅުމުންނެވެ.   މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީގެ އިތުރުން ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ

 

ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 28 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. މިމުއްދަތުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

 

 

ޕްރީބިޑް ބައްދަލުވުން

 

މިބިޑާއިބެހޭ ހުރިހާ މަޢުލޫމާތެއް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ،  މަޢުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.

 

ބިޑު ސެކިއުރިޓީ

 

މި އިޢުލާނާގުޅިގެން ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ބިޑް ސެކިޔުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

 

 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

 

 ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު،ބީލަން ހުށަހަޅާ ފަރާތުގެ ނަން،އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 80 ދުވަސް އޮންނަންވާނެއެވެ.

 

ބީލަން ހުށަހެޅުން އޮންނާނީ 29 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.  ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. އަދި  ބީލަން ކެނޑުމަށް ހަމަޖެހިފައި ވަނީ ހަމަ އެދުވަހުގެ 13:05 ގައި މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ. އަދި ބީލަން ހުށަހަޅަން ވެރިފަރާތްނޫން އެހެންފަރާތަކުން ހާޒިރުވާނަމަ އެކުންފުންޏަކުން އިއުތިރާޒެއްނެތް ކަމުގެ ލިއުމާއި، މީޓިންއަށް ހާޟިރުވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސައްހަ ފޮޓޯ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

 

 

 

އިތުރު މަޢުލޫމާތު ސާފުކުރުން

 

އިތުރު މައުލޫމަތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެ އެވެ.

 

އީމެއިލް އެޑްރެސް[email protected]

 

ފޯން : 6600054

 

 

 

 ނޯޓް:

 

 މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލަށް ލިބިގެންވެއެވެ. އަދި ބިޑް ޕްރޮސަސްގެ ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.

 

08 ސެޕްޓެންބަރު 2022