ދިވެހިރާއްޖެ
މިހާރަކަށް އައިސް ގިނަ ފަރާތްތަކުން ކުމުންދޫ ގޮނޑުދޮށުން ކަށިވެލި، ދޮންވެލި އަދި އަކިރި ނަގާކަން ވަނީ ފާހަގަ ކުރެވިފައެވެ. ހުއްދަނެތި ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމަކީ ޤާނޫން ނަމްބަރު 93/4(ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާބެހޭ ޤާނޫނު) އަދި މި އިދާރާގެ ތިމާވެށި ހިމާޔަތް ކުރުމާބެހޭ ޤަވައިދު ޤަވާއިދުގެ ނަންބަރު: 2019/R-194 ގެ ދަށުން މަނާ ކުރެވިފައިވާ ކަމެކެވެ.
ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމަކީ ރަށްގިރުމަށް މެދުވެރިވެ ރަށަށް މިކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމުން މިފަދަ ޢަމަލުތައް ހުއްޓާލުމަށް އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވަމެވެ
ޤަވައިދާ ހިލާފަށް ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގާ ފަރާތްތައް މި އިދާރާގެ ތިމާވެށި ހިމާޔަތް ކުރުމާބެހޭ ގަވައިދު ގެ 15 މާއްދާގެ (ހ) އެއްގޮތަށް ފިޔަވަޅުއެޅޭނެ ކަމުގައި ހަނދުމަފުޅުކޮށް އަރުވަމެވެ. މިގޮތުން ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު ކުށް ތަކުރާރުކުރާ އަދަދަށް ބަލައި -/500 ރުފިޔާ އާއި -/5000 ރުފިޔާ ދެމެދު އަދަދަކުން ޖޫރުމަނާ ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
ރަށުގެ ގޮނޑުދޮށުން ކަށިވެލި، ދޮންވެލި، އަދި އަކިރި ނަގަމުންދާ ފަރާތްތަކުގެ މަޢުލޫމާތު ކައުންސިލާއި ހިއްސާ ކޮށްދިނުމަށް އެންމެހާ ރައްޔިތުންގެ އަރިހުން އިޚްލާސްތެރިކަމާއެކު އެދެމެވެ. އަދި މިކަންކަން ހުއްޓުވުމަށް އެންމެހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ކައުންސިލުން ނިހާޔަތަށް ބޭނުންވާ ވާހަކަ ދަންނަވަމެވެ.
. ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
12 ޞަފަރު 1444ހ
08 ސެޕްޓެމްބަރ 2022މ