ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)95-PM/1/2014/24
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 08:37
ސުންގަޑި: 30 އޮކްޓޫބަރު 2014 11:30
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
A4ރީމް ކަރުދާސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

A4ރީމް ކަރުދާސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި

މިކޯޓުގެ ނަންބަރު (IUL95-PM/1/2014/20) އިޢުލާނާ ގުޅިގެން ޝަރުޠު ހަމަވާ 3 ފަރާތް ބިޑް ހުށަހަޅާފައިނުވާތީ، މިއިޢުލާން ބާޠިލުކޮށް، ދެވަނަ ފަހަރަށް އިޢުލާންކުރަމެވެ.

ދިވެހިރާއްޖޭގެ ހައިކޯޓަށް A4ރީމް ކަރުދާސް (ހުދުކުލަ) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަން ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް އަންދާސީހިސާބު (ބިޑިންގ ޑޮކިއުމެންޓްސްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއެކު) މިކޯޓުގެ މީޓިން ރޫމް 01 އަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓްތައް މިކޯޓުގެ ވެބްސައިޓް http://www.highcourt.gov.mv/dhi/mediamanager/)bid_info._sheet_(a4_ream)_24.pdf އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

29 ޛުލްޙިއްޖާ 1435

24 އޮކްޓޫބަރު 2014