ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-CB/38/2022/275
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 18 ސެޕްޓެންބަރު 2022 15:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ވ. ތިނަދޫ، ވ.ފެލިދޫ އަދި ހއ.ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން - ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކުރުން

                                                     (IUL)38-CB/38/2022/275 :ނަންބަރު

އިޢުލާން

ވ. ތިނަދޫ، ވ.ފެލިދޫ އަދި ހއ.ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން  

ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކުރުން

2022 އޮކްޓޫބަރު 22 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވ. ތިނަދޫ، ވ.ފެލިދޫ އަދި ހއ.ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ 2022 ސެޕްޓެންބަރު 7 ވާ ބުދަ ދުވަހު ޢާންމުކޮށްފީމެވެ. މި ރަޖިސްޓަރީ ދިވެހިސަރުކާރުގެ ގެޒެޓު (www.gazette.gov.mv) އާއި، ކޮމިޝަނުގެ ވެބްސައިޓުގައި (www.elections.gov.mv) ވަނީ ޢާންމު ކުރެވިފައެވެ. 

މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ 2022 ސެޕްޓެންބަރު 07 ވާ ބުދަ ދުވަހުން ފެށިގެން 2022 ސެޕްޓެންބަރު 18 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި އިލެކްޝަން ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެއެވެ. ޝަކުވާ ހުށަހަޅާނީ މި ކޮމިޝަންގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް ފޮނުވައިގެންނެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

07 ސެޕްޓެންބަރު 2022