ބީލަން
ނަންބަރު: (IUL)468-APS/468/2022/252
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި: 15 ސެޕްޓެންބަރު 2022 11:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު މަސްމާރުކޭޓުގައި އުފެދޭ ކަރުގޮހޮރު ނައްތާލުމުގެ މަސައްކަތް 01 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއްހޯދުމާއިގުޅޭ

ފުވައްމުލަކު މަސްމާރުކޭޓުގައި އުފެދޭ ކަރުގޮހޮރު ނައްތާލުމުގެ މަސައްކަތް 01 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 12 ސެޕްޓެމްބަރ 2022 ގެ 11:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 13 ސެޕްޓެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 13 ސެޕްޓެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 15 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން:  6862830، 6862829

  އީމެއިލް: [email protected]

07 ސެޕްޓެންބަރު 2022