މަސައްކަތް
ނަންބަރު: (IUL)374-C/374/2022/32
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 21:21
ސުންގަޑި: 14 ސެޕްޓެންބަރު 2022 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ މަސްޖިދުއްތަޙާލުފީގައި އިސްކުރުބަރިއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 14 ސެޕްޓެންބަރު 2022 11:45 ގައި ބާތިލް ކުރެވިފައެވެ.


 

                                                     (IUL)374-C/374/2022/32 :ނަންބަރު

އިއުލާން

ނިލަންދޫ މަސްޖިދުއްތަޙާލުފީގައި އިސްކުރުބަރިއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

      ނިލަންދޫ މަސްޖިދުއްތަޙާލުފީގައި އިސްކުރުބަރިއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.              

      މިމަސައްކަތާއި ގުޅޭ އިތުރު ތަފްޞީލު މައުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މައުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރާއި، ވެބުސައިޓާއި، ފޭސްބުކުޕޭޖުގެ  އިތުރުން ގެޒެޓުން ނެގެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް 2022 ސެޕުޓެންބަރު 06 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މައުލޫމާތު ކަރުދާސް ނެންގެވޭނެއެވެ.                               

      ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 ސެޕުޓެންބަރު  14  ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. ބިޑްހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓުން : www.fncl.gov.mv  ޑައުންލޯޑް ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ފ.ނިލަންދޫ މަސްޖިދުއްތަޙާލުފީގައި އިސްކުރުބަރިއެއް ހެދުމުގެ މަސައްކަތަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބިޑް ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.

      ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

06 ސެޕުޓެންބަރު  2022

06 ސެޕްޓެންބަރު 2022