ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2022/53
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 18:51
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތައް ކުނިކަހާ ސާފުކުރުމާބެހޭ

އިޢުލާން

ގޯތިތައް ކުނިކަހާ ސާފުކުރުމާބެހޭ  

 

ރަށުގެ ގޯތިތަކާއި މަގުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން، މީހުން ދިރިއުޅޭ ގޯތިތަކާއި މީހުން ދިރިނޫޅޭ ފަޅު ގޯތިތަކާއި އެގޯތިތަކުގެ މަގުތައް ކުނިހަކާ ސާފުކޮށް ބެލެހެއްޓުމަށް، ގޯތިތަކުގެ ވެރިންނަށް އަންގަމެވެ. އަދި އެގޮތުން، ސާފުކޮށް ބަލަހައްޓަމުން ގެންދާ ގޯތިތަކާއި ސާފު ނުކުރާ ގޯތިތައް މިކައުންސިލުގެ ފަރާތުން ކަނޑައާޅާ ގޮތެއްގެ މަތިން މޮނިޓަރކޮށް ބަލަހައްޓަމުން ގެންދެވޭނެއެވެ. އެގޮތުން މިކައުންސިލާއި އ.ތ.މ ކޮމެޓީގެ ފަރާތުން މަހަކު 2 ފަހަރު ގޭގެއަށް ޒިޔާރަތް ކޮށް ބަލަމުން ގެންދާނެވާހަކަ ދެންނެވީމެވެ. އަދި ސާފުކޮށް ބަލަހައްޓަމުން ނުގެންދާ ގޯތިތަކާ ދޭތެރޭގައި ޢަމަކުރުމަށް މި ކައުންސިލުން ކަނޑަޅާފައިވާ އުޞޫލާއެއްގޮތަށް ޢަމަލުކުރަން ފަށާނެ ވާހަކަވެސް އެންގީމެވެ.

   ވީމާ ރަށުގެ ހުރިހާ ގޯތިތައް ޤަވާއިދުން ސާފުކޮށް ބެލެހެއްޓުމަށް ސަމާލުކަން ދެއްވުމަށް ދެންނެވިމެވެ.

06 ސެޕްޓެންބަރު 2022