ދިވެހިރާއްޖެ
އިޢުލާން |
||||
ނަންބަރ: IUL)475-Schol/475/2022/143) |
ތާރީޚް: 6 ސެޕްޓެމްބަރ 2022 |
|||
Moroccan scholarships for foreign students /20222023 |
||||
20 ފުރުޞަތު |
ޢަދަދު: |
ބެޗްލަރސް، މާސްޓަރސް ޑިގްރީ ، ޕީ.އެޗް.ޑީ |
ކޯހުގެ ފެންވަރު: |
|
މޮރޮކޯ |
ޤައުމު: |
ޔުނިވަރސިޓީ ތަކާއި އެ ޔުނިވަރސިޓީތަކުގެ ކޯސްތަކުގެ މަޢުލޫމާތު https://www.amci.ma/publications މި ވެބްސައިޓް އިން ލިބެންހުންނާނެ |
ކޯހުގެ ދާއިރާ |
|
1 ބެޗްލަރސް ޑިގްރީ 1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން. 2. ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން. 3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ: ހ. CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ށ. IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި ނ. TOEFL 40 އިން ފެށިގެން މަތި. ރ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް. 4. މި ސްކޮލަރޝިޕަށް ހުށައަޅާ ޔުނިވަރސިޓީ އަކުން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ހަމަވުން. 5. މި ސްކޮލަރޝިޕަށް ކުރިމަތިލެވޭނީ އުމުރުން 19 އަހަރާއި 23 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. މާސްޓަރސް 1. ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން. 2. މި ސްކޮލަރޝިޕަށް ހުށައަޅާ ޔުނިވަރސިޓީ އަކުން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ހަމަވުން. ޕީ.އެޗް.ޑީ 1. ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން. 2. މި ސްކޮލަރޝިޕަށް ހުށައަޅާ ޔުނިވަރސިޓީ އަކުން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ހަމަވުން
އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެފަހުގެ އެހީއަށްފަހު، މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން. ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 (ދޭއް) އަހަރު ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 (އެކެއް ޕޮއިންޓް ފަހެއް) އަހަރު ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 (އެކެއް) އަހަރު 2. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން. 3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން. |
ކޯހުގެ ޝަރުތު: |
|||
1 ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި. 1. ތަޢުލީމީ ސެޓުފިކެޓުތަކުގެ 2 ކޮޕީ. 2. ފުލް ޓްރާންސްކްރިޕްޓްގެ 2 ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް) 3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 4. މުއްދަތު ހަމަނުވާ ޕާސްޕޯޓްގެ ޑޭޓާ ޕޭޖްގެ 2 ކޮޕީ 5. މެޑިކަލް ސެޓްފިކެޓް 6. ފަހުގެ ކުށުގެ ރިކޯޑް 7. އެޕްލިކޭޝަން ފޯމް 8. ކައުންސިލް އިން ދޫކުށްފައިވާ އުފަންދުވަހުގެ ސެޓްފިކެޓްގެ 2 ކޮޕީ 9. އެޑްމިޝަން އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް 10. 2 ޕާސްޕޯޓް ސައިޒު ފޮޓޯ (ކުލަކޮށް އަދި އިންފޮމޭޝަން ޝީޓްގައިވާ މައުލޫމާތު ޕޮޓޯގަނޑުގެ ފަހަތުގައި ހިމެނޭގޮތަށް)
|
ހުށަހަޅަންޖެހޭ ތަކެތި
|
|||
- މިކޯހުގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ކެންޑިޑޭޓުން ހުށައަޅާ ޔުނިވަރސިޓީގެ ފަރާތުންނެވެ. - މި ކޯސްތައް ކިޔަވައިދޭން ފެށުމުގެ ކުރިން ފްރެންޗް ބަސް ކިޔަވާދޭންވަނީ ހަމަޖެހިފައެވެ. އަދި އެއަށްފަހު ކޯސްތަކުގެ ކިޔެވުން ހަމަޖެހިފައިވަނީ ފްރެންޗް ބަހުންނެވެ. - އިސްލާމިކް ސްޓަޑީސް ނުވަތަ ޢަރަބި ބަހާއި ލިޓްރޭޗަރ ގެ ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންނަށް ޢަރަބި ބަސް އެނގުން ލާޒިމެވެ. - މި ސްކޮލަރޝިޕްގެ ދަށުން ކޯސް ފީ ވަނީ ހިލޭހަމަޖެހިފައެވެ. އަދި އެލަވަންސްއެއްގެ ގޮތުގައި ކޮންމެ މަހަކު 750 ދިރްހަމް ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. ރެޖިސްޓްރޭޝަންފީ، ޓްރާންސްޕޯޓް ފަދަ އިތުރު ޚަރަދުތައް ހަމަޖައްސަންވާނީ ދަރިވަރު އަމިއްލަ އަށެވެ. - މި ސްކޮލަރޝިޕް ގެ ދަށުން ދަރިވަރުންނަށް މެޑިކަލް އިންސުއަރެންސް ލިބޭނެއެވެ. - މިސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުންނާއި https://www.amci.maމި ވެބްސައިޓުން ލިބެން ހުންނާނެއެވެ. - މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅުއްވާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓް ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކުގެ އެޓެސްޓެޑް އޮރިޖިނަލް އަދި ކޮޕީ ސެޓެއް 13 ސެޕްޓެމްބަރ 2022ގެ 12:00 ކުރިން މިމިނިސްޓްރީއަށް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެއެވެ. އަދި މި އެޕްލިކޭޝަންއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްޞީލް މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާނެއެވެ. |
އިތުރު މަޢުލޫމާތު: |
|||
ސުންގަޑި: 13 ސެޕްޓެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން |
||||
އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. |
||||
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 3026942 / 3026966 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ. |
||||