ނީލަން
ނަންބަރު: (IUL)195-A/1/2022/21
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:32
ސުންގަޑި: 20 ސެޕްޓެންބަރު 2022 10:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މި ކޮމިޝަންގެ ހުރި ބައު ތަކެތި ނީލަމުގައި ވިއްކުން

މި ކޮމިޝަންގެ ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން  2022 ސެޕްޓެމްބަރ 20 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މި ކޮމިޝަން (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތް މަގު) ގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2022 ސެޕްޓެމްބަރ 19 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މި ކޮމިޝަން (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތް މަގު) އަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2022 ސެޕްޓެމްބަރ 20 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މި ކޮމިޝަން (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތް މަގު) އަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ. 

ނީލަން ކާމިޔާބު ކުރާ ފަރާތުން  24 (ސައުވީސް) ގަޑިއިރު ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު ތަކެތި 01 (އެކެއް) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

06 ސެޕްޓެންބަރު 2022