ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން
މާލެ، ދިވެހިރާއްޖެ
އިއުލާން ނަމްބަރު: (IUL)475/475/2022/142
އިއުލާން
ނޭޝަނަލް ސްކިލް އެޑިއުކޭޝަން އެކްސްޕޯ އެންމެހައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން ބޭއްވުމަށް ނޭޝަނަލް ސްކިލް އެޑިއުކޭޝަން އެކްސްޕޯގެ ބޭވުމަށް ބޭނުންވާ އެންމެހާ މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މައުލޫމާތު ސާފުކުރުން:
މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރުމަށް 12 ސެޕްޓެންބަރު 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަ، ފެންބިލްޑިން 2 ވަނަ ފަންގިފިލާ އަށް ވަޑައިގެން ދެއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބް ބަލައި ގަތުމަށް ހަމަޖެހިފައިއެއް ނުވެއެވެ.
އަންދާސީ ހިސާބު ހުށައެޅުން:
ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ށް ފެން ބިލްޑިން، 4 ވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީ ހިސާބުތަށް ބަލާނެ މިންގަނޑު:
މި ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، އޮގަސްޓް 2018 " ގައި ވާ ގޮތުގެ މަތިންނެވެ.
އިތުރު މައުލޫމާތު ސާފުކުރުން:
މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރުމަށް 14 ސެޕްޓެންބަރު 2022 ވާ ބުދަ ދުވަހުގެ ހެނދުނު 11:00ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ހުށަހަޅުއްވާ އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،
ފެން ބިލްޑިންގް، 2 ވަނަ ފަންގިފިލާ
އީމެއިލް : [email protected]
ފޯން: 306982/3026975