ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2022/240
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި: 13 ސެޕްޓެންބަރު 2022 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލުން ގަހާއި ވެލި ވިއްކުމާބެހޭ

   މާލޭ ސިޓީ ކައުންސިލުން މާލެ ސިޓީ ފެހިކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން ގިނަ އަދަދެއްގެ ގަހާއި ވެލި ހޯދައި ނާސަރީތައް މިގެންދަނީ ތަރައްޤީކުރަމުންނެވެ. މާލޭ ސިޓީ ކައުންސިލުން ބޭނުންވަނީ ތިމާވެއްޓަށް ފަހި މާހައުލެއް މާލޭ ސިޓީގައި އޮތުމަށް ގަސް އިންދާ ހެއްދުމުގެ އާދަ ރައްޔިތުންގެ ކިބައިގަ އަށަގަނެ ސިޓީގެ ރީތިކަން އިތުރުކުރުމަށެވެ.

   މިކަމަށް މަގުފަހިކުރުމުގެ ގޮތުން ކުރެވޭ މަސައްކަތުގެ ދަށުން، ސިޓީ ކައުންސިލްގެ ގަސް ޕްރޮގްރާމާއިގުޅިގެން ހޯދާ ގަހުގެތެރެއިން ބައެއްގަސް އެ ބޭނުންވާ ފަރާތްތަކަށް ކަމާބެހޭގޮތުން އޮންނަ އުސޫލުގެދަށުން ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކައުންސިލުން ގަސް އިންދުމަށް ތައްޔާރުކުރާ ވެލި ހުރިވަރަކުން ވިއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.

   އެހެންކަމުން ސިޓީ ކައުންސިލުން ގަހާއި ގަސް އިންދާވެލި ވެލި،  ގަތުމަށް ބޭނުންވާ ފަރާތްތަކުން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

   ވީމާ، މިކަން ޢާއްމުކޮއް އެންގުމަށް އިޢުލާންކުރީމެވެ. 

06 ސެޕްޓެންބަރު 2022