ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)-BCC/AM/2022/03
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮތެންޓިކް މޯލްޑިވްސް މެދުވެރިކޮށް ފަރުނީޗަރު އުފައްދައި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވައިލުން.

 

މި ކޯޕަރޭޝަންގެ އޮތެންޓިކް މޯލްޑިވްސް މެދުވެރިކޮށް ފަރުނީޗަރު އުފައްދައި ވިއްކުމަށާއި، މި ކޯޕަރޭޝަނުން ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކާޕެންޓްރީ މޭކަރ ސްޕޭސްގައި ވަޑާމުގެ އެކިއެކި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، މި ފަރާތްތަކުގެ ދަފްތަރެއް އެކުލަވައިލުމަށް މި ކޯޕަރޭޝަނުން ބޭނުންވެއެވެ.

މި ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ވަޑާންކުރުމާ ގުޅޭ ތަފާތު އެކި ވިޔަފާރީގެ ފުރުސަތުތައް ހޯދައިދިނުމުގެ އިންތިޒާމު ހަޖަމެއްސުމަށް މި ކޯޕަރޭޝަނުން މި ދަނީ މަސައްކަތް ކުރަމުންނެވެ.

މި ދަފްތަރު އެކުލަވައިލުމުގެ މަޤްސަދަކީ ވަޑާންކުރުމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދީ، މި ވިޔަފާރިތައް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް އެހީތެރިވެދިނުމެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ރެޖިސްޓްރީކުރެއްވުން އެދެމެވެ.  

 

https://forms.office.com/r/uwvYcpS6Pt

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކޯޕަރޭޝަންގެ ނަންބަރު 3305555 ފޯނަށް ގުޅުއްވުން އެދެމެވެ. ނުވަތަ މި ކޯޕަރޭޝަންގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

 

 

06 ސެޕްޓެންބަރު 2022

06 ސެޕްޓެންބަރު 2022