ދިވެހިރާއްޖެ
(IUL)325-MS/325/2022/41ނަމްބަރު:
އިޢުލާން
ވަލުގެ ހުރަސްމަގުތަށް ސާފުކޮށްދޭނެ ފަރާތެއް ހޯދުން
ވަލުގެ ހުރަސްމަގުތަށް ކޮށާ ވިނަ ނޮޅާ ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 ސެޕްޓެމްބަރ 0222 ވާ އާދިއްތަ ދުވަހު 13.00އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ، 15 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި"ވަލުތެރޭގެ ހުރަސްމަގުތަށް ސާފްކުރުމަށް އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ. އަދި މައުލޫމާތު ސާފްކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީއޮށް ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ސަމާލުކަން ދެއްވަންވީ މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.
1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް
މާރކްސް ދެވޭ ކްރައިޓީރިޔާ |
މާކްސްދެވޭ މިންގަނޑު |
ތަފްޞިލް |
ފޯރމިއުލަރ |
އަގު |
90% |
v އަގަށް ދެވޭ މާރކްސް v މާރކްސް ދެވޭނީ މިއިދާރާގެ ޓޭކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ކުޑަ އަގަށެވެ. |
Benchmark price/Submitted price x Allocarted percentage |
މުއްދަތު |
10% |
v މުއްދަތައް ދެވޭ މާރކްސް v މާރކްސް ދެވޭނީ މިއިދާރާގެ ޓޭކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑަ މުއްދަތަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ކުޑަ މުއްދަތަކަށެވެ. |
Benchmark price/Submitted price x Allocarted percentage |
2 ސަމާލުކަންދޭންވީ ކަންތައްތައް
1 ތިރީގައިވާ މަރުހަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.
v މައުލޫމާތު ސާފްނުކުރައްވާ ފަރާތްތައް
v މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަގުތައް
v އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް
2 ހުށަހެޅިފައިވާ އެސްޓިމޭޓް ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
3 އަގާއެކު ހުށަހަޅަންޖެހޭ ތަކެތި
1 އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީ
2 ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީއާއި ، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް
4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :
ފޯންނަމްބަރ : 6600005
ފެކްސް ނަމްބަރ : 6600005
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.