މަޤާމުގެ ނަން:
|
ޑައިރެކްޓަރ - އިންވެސްޓިގޭޝަންސް
|
ބޭނުންވާ ޢަދަދު
|
1
|
ކްލެސިފިކޭޝަން:
|
ޑިރެކްޓަރ، ގްރޭޑް D1
|
އަސާސީ މުސާރަ:
|
-/9,450 ރ
|
ނޮންޕްރެކްޓިސް އެލަވަންސް:
|
އަސާސީ މުސާރައިގެ %35
|
ޓެކްނިކަލް އެލަވަންސް
|
އަސާސީ މުސާރައިގެ %35
|
ޑެއިލީ ސަރވިސް އެލަވަންސް:
|
ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/300 ރ.
|
ފޯނު އެލަވަންސް:
|
ދައުލަތުގެ އިދާރާތަކަށް ފޯނު އެލަވަންސް ދޭ އުސޫލުން
|
މަޤާމުގެ މަސްއޫލިއްޔަތު
|
ކޮމިޝަންގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓް ހިންގައި ބެލެހެއްޓުން
|
މައިގަނޑު މަސައްކަތްތައް:
|
- އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން.
- މަޤާމުގެ މަސްއޫލިއްޔަތާގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައްކުރުން.
- އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން.
- ކޮމިޝަނުގެ އަހަރީ ރިޕޯޓު ތައްޔާރުކުރުމުގައި އެހީތެރިވުންް.
- މީޑިއާ މެދުވެރިކޮށް ހާމަކުރަންޖެހޭ ޚަބަރާއި މަޢުލޫމާތު، މެންބަރުންގެ މަޝްވަރާއާއެކު ހާމަކުރުން.
- މީޑިއާގައި ނުވަތަ އެހެންވެސް ގޮތަކުން ކޮމިޝަން އާއި ގުޅޭގޮތުން ޢާންމުކުރެވޭ އެންމެހައި މަޢުލޫމާތު ފައިލްކޮށް ރިކޯޑު ބެލެހެއްޓުން.
- ލީފްލެޓް އަދި ތަފާތު މަޢުލޫމާތު ކަރުދާސްތައް ކޮމިޝަން މެންބަރުންގެ ލަފާގެ މަތިން ތައްޔާރުކުރުމާއި އަދި ކޮމިޝަންގެ ވެބްސައިޓަށް ބޭނުންވާ ޚަބަރާއި މަޢުލޫމާތު ތައްޔާރުކުރުން.
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ޤާނޫނީ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައިއުޅެ 4 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދިނުން. ނުވަތަ
- ޤާނޫނީ ދާއިރާ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި އުޅެ 6 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓު (އެޓެސްޓް ކޮށްފައިވާ).
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ރެފަރަންސް/ ރެކަމަންޑޭޝަން ލެޓަރ)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައި)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
|
ލިޔުންތައް ހުށަހެޅުމުގެ ސުންގަޑި:
|
- 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްރަކްޗަރ ކޮށި (ނަމޫނާ ހައުސިންގ ޔުނިޓް)
އަމީނީމަގު, މާފަންނު، މާލެ 20392، ދިވެހިރާއްޖެ
|
އިންޓަވިއުކުރުން
|
- މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
- އިންޓަވިއުއަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި އިންޓަވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރު ކުރިން އެންގޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- މި މަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމީ ސަރޓިފިކެޓްތަކާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.
|
|
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި ކޮމިޝަންގެ ނަންބަރު 3010784 އަށް ގުޅުއްވުން އެދެމެވެ.
|