ވަޒީފާގެ ފުރުޞަތު
ނަންބަރު: IUL/GS139/2022/16
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 08:20
ސުންގަޑި: 13 ސެޕްޓެންބަރު 2022 00:00
ބ. ގޮއިދޫ ސްކޫލް، ބ. ގޮއިދޫ
ދިވެހިރާއްޖެ
ލޯންޗް ފަޅުވެރިއަކު ހޯދުމަށް

މިސްކޫލްގެ ލޯންޗުގައި މަސައްކަތްކުރާނެ ފަޅުވެރިއަކު ހޯދަން ބޭނުންވެއެވެ.

މަޤާމް: ލޯންޗް ފަޅުވެރިން

އަދަދު : 01

މުސާރަ: މަސައްކަތައް ނިކުންނަ ކޮންމެ ދުވަހަކު 200.00ރ(ދުއިސައްތަ ރުފިޔާ)

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން މިނިމަމްވޭޖް އެެލަވަންސް.

 ދިވެހި ރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 

މަޤާމުގެ މަަސްއޫލިއްޔަތު:

  • ސްކޫލުންދޭ ޓައިމްޓޭބަލާއިއެއްގޮތަށް ގޮއިދޫ ސްކޫލްގައި ކިޔަވާ ފެހެންދޫ ކުދިން ފެހެންދޫއިން ގެނެސް ގެންދިއުމުގައި ކެޕްޓަންގެ އިރުޝާދާއި އެއްގޮތަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • އުޅަނދަށް ބޭނުންވާ މަރާމާތުތައް ކުރުމާއި މަރާމާތުކުރުމުގެ ކުރިން އުޅަނދަށް ލިބިފައިވާ ގެއްލުން ރިޕޯޓްކުރުމާއި އަދި މަރާމާތަށް ބޭނުންވާ ހުއްދަ ހޯދައި އަދި މިފަދަ މަސައްކަތްތައް ކެޕްޓަނުގެ ލަފާގެމަތިން ކުރުން.
  • ދަތުރުމަތީގަޔާއި އަދި ފަޅުގައި އޮންނަ ވަގުތުތަކުގައި އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކޮށް އުޅަނދު ސާފުކޮށް ބެލެހެއްޓުން.
  •  ދަތުރު ފަތުރުކުރުމުގައްޔާއި އަދި ފަޅުގައި އޮންނަ ވަގުތުތަކުގައި އުޅަނދަށް ލިބޭގެއްލުންތައް ބެލުމާއި އަދި އެކަންތައްތައް ކެޕްޓަނަށް ރިޕޯޓްކުރުން.
  • އުޅަނދަށް ބޭނުންވާ ތެލާއި އެހެނިހެން ވަސީލަތްތައް ހޯދުމުގައްޔާއި އަދި އުޅަނދުގެ ސްޓޮކް ބެލެހެއްޓުމުގައި ކެޕްޓަނަށް އެހީތެރިކަން ފޯރުކޮށް ދިނުން.
  • އުޅަނދުގައި ހުންނަން ލާޒިމުކުރާ ސޭފްޓީ އަދި ސެކިއުރިޓީ ވަސީލަތްތައް، ދަތުރުގެ ކުރިން ހަމަޔަށް ހުރިތޯ ޔަގީންކޮށް މައްސަލައެއް އުޅޭނަމަ ކެޕްޓަނަށް ރިޕޯޓްކުރުން.
  • ރާއްޖޭގައި ހެދިފައިވާ ކަނޑުމަތީ އުޅަނދުފަހަރު ދުއްވުމާއި ގުޅުންހުރި ޤާނޫނު ތަކާއި ޤަވާއިދުތަކަށް އިޙްތިރާމްކޮށް ޢަމަލުކުރުން.
  • ސްކޫލުން ކުރުމަށް ނިންމާ ސްކޫލްގެ އެހެނިހެން ދަތުރުތައް އެންގޭގޮތެއްގެ މަތިން ކުރުން.

މަޤާމުގެ ޝަރުތު:

  •  ލިޔަން ކިޔަން ދަތުމާއިއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ލިބިފައިވުން.
  • އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ ދިވެއްސެއް ކަމުގައިވުން.

 

ހުށަހަޅަންޖެހޭ ތަކެތި:

    1. ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު (އެޕްލިކޭޝަން ފޯމު މިސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑް ކުރެވޭނެއެވެ.)
    2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
    3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
    4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
    5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

    (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

    1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

    (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

    (ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

    (ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

    (ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

    (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

     

މަޤާމަށް އެދެންވީ ގޮތް: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ސެޕްޓެމްބަރ 2022ވާ އަންގާރަ ދުވަހުގެ 13:00 ކުރިން ބ.ގޮއިދޫ ސްކޫލް އޮފީހަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީމެއިލް ކުރާނަމަ [email protected] އަށް މެއިލްކުރެވނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 15 ސެޕްޓެމްބރ 2022އާއި 18 ސެޕްޓެމްބަރ 2022އާދެމެދުއެވެ. އިންޓަވިއު އޮންނާނެ ތަނާއި ގަޑި ފަހުން އަންގާލެވޭނެއެވެ.

އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރައްވަން  ސްކޫލްގެ ނަމްބަރ 6600014އާއި ގުޅުއްވުން އެދެމެވެ.

06 ސެޕްޓެންބަރު 2022