ދިވެހިރާއްޖެ
| 
 މަޤާމު:  | 
 އޮން އެއަރ އެސިސްޓެންޓް އޮޕަރޭޓަރ ގްރޭޑް 1  | 
| 
 މަޤާމުގެ ރޭންކް:  | 
 TP9  | 
| 
 ބޭނުންވާ އަދަދު:  | 
 1  | 
| 
 ވަޒީފާ އަދާކުރަންޖެހޭތަން:  | 
 މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން, މާލެ، ދިވެހިރާއްޖެ.  | 
| 
 ފެންވަރު ނުވަތަ ޝަރުޠު:  | 
 ޖީސީއީ އޭލެވެލް އިމްތިޙާނުގެ ދެ މާއްދާއިން ފާސްވެފައި ވުމާއި، މަޤާމާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން .  | 
| 
 މައިގަނޑު މަސްއޫލިއްޔަތު:  | 
 މި ވަޒީފާގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތަކީ، މި ކޯޕަރޭޝަންގެ ރޭޑިއޯ ޗެނެލްތަކުން ފޮނުވާ ޕޮރޮގްރާމްތައް އޮންއެއަރކުރުމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ދިނުމާއި ސްޓޫޑިއޯތަކުގައި ޖެހޭ މައްސަލަތައް ބަލައި ހައްލުކޮށްދިނުމެވެ. އަދި އޮންއެއަރ އޮޓޮމޭޝަން މައްސަލައެއް ދިމާވާނަމަ މެނުއަލްކޮށް އޮންއެއަރ ކުރަންޖެހޭ ހާލަތުގައި ޗެނަލްތަކުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން.  | 
| 
 މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު  | 
 މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، އިންފޮމޭޝަން ޓެކްނޮލޮޖީ، އިލެކްޓްރޯނިކް ނުވަތަ އިންޖިނިއަރިންގގެ ދާއިރާއިން ތަޢުލީމާއި ތަމްރީން ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  | 
| 
 މުސާރައާއި އެލަވަންސް: ނޯޓް:  | 
 - މަހަކު -/8000 ރުފިޔާ. - އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.  | 
| 
 
 
 
 
 
 
 
  | 
 - ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު . - ވަޒީފާގައި އުޅުއްވާ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން. - ހުށަހަޅަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާ ފަރާތްތަކުގެ ސިޓީ ބަލައެއް ނުގަނޭވޭނެއެވެ. މަތީގައިވާ މަޤާމަށް އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.  | 
| 
 ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:  | 
 02 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން / ރޭޑިއޯ ބިލްޑިންގ، މާފަންނު، މާލެ  | 
| 
 އިތުރު މަޢުލޫމާތު:  | 
 މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3000284/ 3000210 ނަންބަރު ފޯނާއެވެ.  | 
27 ޛުލްޙިއްޖާ 1435