ކުއްޔަށް ދިނުން
ނަންބަރު: (IUL)302-E/302/2022/29
ޕަބްލިޝްކުރި ތާރީޚް: 05 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 16:42
ސުންގަޑި: 11 ސެޕްޓެންބަރު 2022 11:00
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް މާރކެޓް 01 ނަންބަރ ގޮޅި ކުއްޔަށް ދޫކުރުމާއިގުޅޭ

ލޯކަލް މާރކެޓް 01 ނަންބަރ ގޮޅި (ލޯކަލް މާރކެޓްގެ އެންމެ އިރުމަތީގޮޅި) ކުއްޔަށް ދޫކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ. މިކަމަށްޝަޢުޤުވެރިވާ ފަރާތްތަކުން، 2022 ސެޕްޓެމްބަރ 11 ވާ އާދީއްތަ ދުވަހުގެ 11:00ގެ ކުރިން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު، [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މަޢުލޫމާތު ޝީޓް މެއިލްކުރެވޭނެއެވެ. އަދި ޕްރޮޕޯސަލް ހުށަހަޅުއްވާނީ 2022 ސެޕްޓެމްބަރ 18 ވާ އާދީއްތަ ދުވަހުގެ 11:00ށް ހުޅުދުއްފާރު ކައުންސިލްގެ އިދާރާއަށެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، 2022 ސެޕްޓެމްބަރ 11 ވާ އާދީއްތަ ދުވަހުގެ 11:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ރެޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީއެއް އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

05 ސެޕްޓެންބަރު 2022