ދިވެހިރާއްޖެ
މި ކުންފުނީގެ މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު: ސޭލްސް ރެޕް ގރ 1
އަދަދު:01
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓު (2 އަހަރު ދުވަހުގެ ކޮންޓްރެކްޓް)
އަސާސީ މުސާރަ: -/4350ރ. – -/5100ރ. އާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ސުޕަމާޓް
އެހެނިހެން ޢިނާޔަތްތައް:
* އިތުރު އެލަވަންސް: -/1750ރ – -/2500ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
* ދާއިމީވުމުން ސްޓާފް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
* ހަމަޖެހިފައިވާ އުސޫލުން އެޓެންޑަންސް އެލަވަންސް ލިބޭނެއެވެ.
* ޕެންޝަން.
މަޤާމުގެ މަސްއޫލިއްޔަތު:
* ހަރުތަކުގައި މުދާ ޖެހުން
* މުދާތައް ލޭބަލްކުރުން
* މުދަލުގެ މުއްދަތު ހަމަވާ ދުވަސް ބެލުން
* ކަސްޓަމަރުންނަށް އެހީތެރިވުން
* ކައުންޓަރުގެ މަސައްކަތްތައް
ތަޢުލީމާއި ތަޖުރިބާ:
* ޖީސީއީ އޯލެވެލްގެ 3 މާއްދާ އަަދި އެސް އެސް ސީ އިމްތިޙާނުގެ ދިވެހިން ސީ ފާހަށްވުރެ މަތިން ފާސްވެފައިވުން
* މަސަތްކަތާގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2014 އޮކްޓޫބަރު 26 ވާ އާދީއްތަ ދުވަހުގެެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads
ނޯޓު:
އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ.
ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯނު: 3344250 ފެކްސް:3344041 ވެބްސައިޓް: www.stomaldives.com