ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267/267/2022/55
ޕަބްލިޝްކުރި ތާރީޚް: 05 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 18 ސެޕްޓެންބަރު 2022 14:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022 " މުބާރާތުގައި ބައިވެރިވުމާއި ޓީމްލިސްޓް ހުށަހަޅަންޖެހޭ މުއްދަތު އިތުރުކުރުން

          މި ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވުމަށްހަމަޖެހިފައިވާ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް  2022" ގައި ބައިވެރިވުމުގެ މުއްދަތާއި ޓީމްލިސްޓް ހުށަހަޅަންޖެހޭ މުއްދަތު އިތުރުކޮށްދިނުމަށް ގިނަފަރާތްތަކުން އެދެމުންދާތީވެ ތިރީގައި ދެންނެވިފައިވާ ގޮތަށް މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާ ތާރީޙް:

18 ސެޕްޓެމްބަރ 2022 ، 14:00ގެ ނިޔަލަށް

ޓީމް ލިސްޓް ހުށަހަޅަންޖެހޭ އެއްމެ ފަހު ތާރީޙް:

01 އޮކްޓޯބަރ 2022 ، 14:00ގެ ނިޔަލަށް

މުބާރާތް ފެށުމަށް ތާވަލް ކުރެވިފައިވާ ތާރީޙް:

03 ނޮވެމްބަރު 2022

އީމެއިލް މެދުވެރިކޮށް ފޯމް ހުށަހެޅުމަށް:

[email protected]  އަށް އީމެއިލް ކުރެއްވުން (ފޯމާއެކު ހުރިހާ ލިޔެކިޔުންތަކެއް އެއްފައިލްގައި ޕީޑީއެފް ކޮއްފައި)

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ނަންބަރ 9183128،9997157 ފޯނާއި ގުޅުއްވުން އެދެން

.                   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.     

                    09  ޞަފަރު     1444ހ

                     05  ސެޕްޓެމްބަރ  2022މ

05 ސެޕްޓެންބަރު 2022