ދިވެހިރާއްޖެ
`
އއ.މާޅޮހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ
އއ.މާޅޮސް،
ދިވެހިރާއްޖެ.
އއ.މާޅޮސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިންގާ ގަވާއިދު
ފުރަތަމަ ބާބު އާންމު މާއްދާތައް |
||||
ތަޢާރުފާއި ނަން |
(ހ) |
މިއީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 58-6 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން،އއ.މާޅޮހުކައުންސިލް ގެ މަޝްވަރާއާއެކު އއ.މާޅޮހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ހިންގުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރުމަށްޓަކައި އއ.މަޅޮހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިން އެކުލަވައިލައިފައިވާ ގަވާއިދެކެވެ. |
||
|
|
(ށ) |
މި ގަވާއިދަށް ކިޔަނީ " އއ.މާޅޮހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިންގާ ގަވާއިދު " އެވެ. |
|
ގަވާއިދަށް ޢަމަލުކުރަން ފެށުން |
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، އއ.މޅޮހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ. |
|||
މަގުސަދު |
މި ގަވާއިދުގެ މައިގަނޑު މަގުސަދުތައް ތިރީގައި އެވަނީއެވެ. |
|||
|
|
(ހ) |
ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި، އެޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮމިޓީ ހިންގުން؛ |
|
|
|
(ށ) |
ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި، އެޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮމިޓީއިން ނިންމަންޖެހޭ ކަންކަން ނިންމުމަށް ކޮމިޓީއިން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުން؛ އަދި |
|
|
|
(ނ) |
ކޮމިޓީގެ ބައްދަލުވުންތައް ހިންގުމާއި، ބައްދަލުވުންތަކުގައި ނިންމާ ނިންމުންތަކަށް އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ. |
|
ދެވަނަ ބާބު ކޮމިޓީގެ ރައީސް ނައިބު ރައީސް އަދި މެމްބަރުން |
||||
ކޮމިޓީގެ ރައީސާއި ނައިބު ރައީސް |
ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކޮމިޓީގެ މެމްބަރުންގެ ތެރެއިން ކޮމިޓީގެ ރައީސާއި ނައިބު ރައީސް ކޮމިޓީގެ މެމްބަރުންގެ އިންތިޚާބު ކުރަންވާނެއެވެ. |
|||
ކޮމޓީގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރާނެ ގޮތް |
(ހ) |
މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާކޮށްފައިވާ ފަދައިން ކޮމިޓީގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރާނީ ކޮމިޓީގެ އާންމު ބައްދަލުވުމެއްގައި އަންނަނިވި ގޮތުގެ މަތިންނެވެ. |
||
|
|
|
(1) |
ކޮމިޓީގެ މެމްބަރުންގެ ތެރެއިން ކޮމިޓީގެ ރައީސްކަމަށް ނުވަތަ ނައިބު ރައީސްކަމަށް އިންތިޚާބުކުރުމަށް އެދޭ މެމްބަރެއްގެ ނަން ކޮމިޓީގެ އާންމު ބައްދަލުވުމަކަށް ހުށަހެޅުން. |
|
|
|
(2) |
ނަންނަ ހުށަހެޅި މެމްބަރުންގެ ތެރެއިން ކޮމިޓީގެ ރައީސްއާއި ނައިބު ރައީސް އިންތިޚާބު ކުރެވޭނީ، ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން. |
|
|
|
(3) |
ކޮންމެ މަގާމެއް އިންތިޚާބު ކުރުމަށް ނެގޭ ސިއްރު ވޯޓުގައި ބައިވެރިވާ ކޮންމެ މެމްބަރަކަށް ދެވޭނީ 1 (އެކެއް) ވޯޓު. |
|
|
|
(4) |
ކޮމިޓީގެ ރައީސާއި ނައިބު ރައީސްކަމަށް ވޯޓަށް އަހާނީ 2 މަޤާމަށް ވަކިވަކިން. |
|
|
(ށ) |
ކޮމިޓީގެ ރައީސަކު އިންތިޚާބުކުރުމަށް އެންމެ ފުރަތަމަ ބާއްވާ ބައްދަލުވުމުގައި ކޮމިޓީގެ ރައީސަކު އިންތިޚާބު ކުރެވެންދެން ރިޔާސަތު ބަހަލައްޓާނީ ކައުންސިލުގެ ރައީސެވެ. |
|
|
|
(ނ) |
ކޮމިޓީގެ ރައީސްގެ މަޤާމު ހުސްވެގެން ރައީސަކު އިންތިޚާބުކުރާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ ނައިބު ރައީސެވެ. އަދި ނައިބު ރައީސަކު ނެތްނަމަ ކޮމިޓީގެ މަސްއޫލިއްޔަތުތަކާ އެ ވަގުތަކު ހަވާލުވެ ހުރި މެންބަރެކެވެ. |
|
|
|
(ރ) |
ކޮމިޓީގެ ނައިބު ރައީސަކު އިންތިޚާބު ކުރާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ ރައީސެވެ. |
|
|
|
(ބ) |
ކޮމިޓީގެ ރައީސްކަމަށާއި ނައިބު ރައީސްކަމަށް އިންތިޚާބުވާނީ އެންމެ ގިނަ ވޯޓު ލިބޭ މެންބަރެކެވެ. |
|
ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން |
(ހ) |
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ރޫޙާ އެއްގޮތަށް ކޮމެޓީ ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން އަންނަނިވި މަރުހަލާތައް ފުރިހަމަކުރަން ވާނެއެވެ. |
||
|
|
|
(1) |
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ރޫޙާ އެއްގޮތަށް ކޮމެޓީ ހިންގުމުގައި އިހުމާލުވަމުންދިއުން ތަކުރާރުވާކަން ފާހަގަކުރެވިގެން ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކޮމެޓީގެ ޢާއްމު ބައްދަލުވުމަށް އެޖެންޑާކުރުން. |
|
|
|
(2) |
ލާމަރުކަޒީ ޤާނޫނުގެ ރޫޙާ އެއްގޮތަށް ކޮމެޓީ ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން އެކަންކަން އިޞްލާޙުކުރުމަށް ކޮމިޓީން 30 (ތިރީސް) ދުވަހުގެ ފުރުޞަތު ދިނުން. |
|
|
(ށ) |
މި މާއްދާގެ ދަށުން ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ނުވަތަ އެ ވޯޓުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަކުރުމަށް ކޮމެޓީގެ ޢާންމު ބައްދަލުވުމަށް މެންބަރަކު ހުށަހަޅާ ހުށަހެޅުން، ޢާއްމު ބައްދަލުވުމަށް ކަންކަން އެޖެންޑާކުރާ އުޞޫލުގެ ތެރެއިން އެޖެންޑާ ކޮށްދިނުމަކީ ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސް ނުވަތަ އެ ވަގުތަކު ކޮމެޓީ ހިންގުމާ ޙަވާލުވެ ހުރި މެންބަރެއްގެ ޒިންމާއެކެވެ. |
|
|
|
(ނ) |
ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ރޫޙާ އެއްގޮތަށް ކޮމެޓީ ހިންގުމުގައި ރައީސް ނުވަތަ ނައިބު ރައީސް އިހުމާލުވަމުންދާކަމަށް ކޮމެޓީގެ މެންބަރަކަށް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލަ އެޖެންޑާކުރުމަށް ފޮނުވަންވާނީ، ކޮމެޓީގެ ޢާއްމު ބައްދަލުވުމަށް ކަންކަން އެޖެންޑާކުރާ އުޞޫލާ އެއްގޮތަށެވެ. |
|
|
|
(ރ) |
ކޮމެޓީގެ ބައްދަލުވުމަށް މައްސަލަ އެޖެންޑާކުރުމަށްފަހު، ކޮމެޓީ ހިންގުމުގައި ރައީސް ނުވަތަ ނައިބު ރައީސް އިހުމާލުވިކަމަށް ފެންނަ ކަންކަން ލިޔުމުން، ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ. |
|
|
|
(ބ) |
ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނީ ކޮމެޓީގެ އަޣުލަބިއްޔަތުން އެކަން ފާސްވުމުންނެވެ. |
|
|
|
(ޅ) |
ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސްކަމުގެ މަޤާމުން މެންބަރަކު ވަކިކުރި ކަމުގައި ވީނަމަވެސް އެ މެންބަރެއްގެ މެންބަރުކަން ދެމި އޮންނާނެއެވެ. |
|
|
|
(ކ) |
ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ މައްޗަށް ކޮމެޓީން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، އެފަދައިން ކޮމެޓީން ފާސްކޮށްފައިވަނީ މި މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމަށްޓަކައި، ކޮމެޓީން އެކަން ފާސްކުރާތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި މި މާއްދާގެ (މ) ގައި ބުނާ ލިޔެކިޔުމާއެކު ކޮމެޓީން ކައުންސިލަށް ފޮނުވަންވާނެއެވެ. އަދި ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައިވަނީ މި މައްދާގައި ބަޔާންކޮށްފައިވާ އިޖުރާޢަތުތަކާ އެއްގޮތަށްކަން ނުވަތަ ނޫންކަން ކައުންސިލުން ކަނޑައަޅައި، ކޮމެޓީއަށް އަންގަންވާނެއެވެ. |
|
|
|
(އ) |
މި މާއްދާ ގައިވާ ގޮތުގެ މަތިން ކޮމިޓީން ނިންމާ ނިންމުން ކަށަވަރުކުރުމަށް ކައުންސިލަށް ފޮނުވަންވަނީ އަންނަނިވި ލިޔެކިޔުމާއެކުގައެވެ. |
|
|
|
|
(1) |
އިޞްލާޙުކުރުމަށް ބޭއްވުނު ބައްދަލުވުމާއި އިތުބާރުނެތްކަމުގެ ވޯޓުނެގުމަށް ބޭއްވުނު ބައްދަލުވުމަށް މައްސަލަ އެޖެންޑާކޮށްދިނުމަށް އެދި ހުށަހެޅި ލިޔުންތައް؛ |
|
|
|
(2) |
އިޞްލާޙުކުރުމަށް ބޭއްވުނު ބައްދަލުވުމާއި އިތުބާރުނެތްކަމުގެ ވޯޓުނެގުމަށް ބޭއްވުނު ބައްދަލުވުންތަކުގެ އެޖެންޑާތައް؛ |
|
|
|
(3) |
އިޞްލާޙުކުރުމަށް ބޭއްވި ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓުނެގުމަށް ބޭއްވި ބައްދަލުވުން ބޭއްވުމުގެ 1 (އެކެއް) ދުވަހުގެ ކުރިން ބައްދަލުވުމުގެ އެޖެންޑާ ފޮނުވިކަން އެނގޭ ލިޔެކިޔުން؛ |
|
|
|
(4) |
އިޞްލާޙުކުރުމަށް ބޭއްވި ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓުނެގުމަށް ބޭއްވި ބައްދަލުވުންތަކުގެ ޔައުމިއްޔާތައް؛ |
|
|
|
(5) |
އިހުމާލުވި ކަންކަން ބަޔާންކޮށް ކޮމެޓީގެ ބައްދަލުވުމަށް ހުށަހެޅުނު ލިޔުންތައް؛ |
|
|
|
(6) |
އިޞްލާޙުކުރަންވީ ކަންކަމާއި އެކަންކަން އިޞްލާޙުކުރުމަށް ދެވޭ މުއްދަތު އަންގައި ކޮމެޓީގެ ރައީސަށް ނުވަތަ ނައިބު ރައީސަށް ޙަވާލުކުރި ލިޔުން؛ އަދި |
|
|
|
(7) |
ކަމާގުޅޭ އެހެނިހެން ލިޔެކިޔުން. |
|
|
(ވ) |
މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރަށް އެހެން ލިޔުމެއް ނުވަތަ މަޢުލޫމާތެއް ހޯދުމަށް ކައުންސިލުން އެދިއްޖެނަމަ އެ ލިޔުމެއް ނުވަތަ މަޢުލޫމާތެއް ވީ އެންމެ އަވަހަކަށް ކޮމިޓީން ފޯރުކޮށްދޭންވާނެއެވެ. |
|
|
|
(މ) |
ކޮމިޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ މައްޗަށް ކޮމިޓީން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، އެ ވޯޓު ނެގުމުގައި މި ގަވާއިދުގައި ބަޔާންކުރާ އިޖުރާޢަތުތައް ފުރިހަމަކޮށްފައިވާކަން ކައުންސިލުން ކަށަވަރުކުރުމާ ހަމައަށް، އިތުބާރު ނެތްކަމުގެ ވޯޓު ނެގުނު ރައީސް ނުވަތަ ނައިބު ރައީސް، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ވަގުތީގޮތުން ދުރުވާންވާނެއެވެ. |
|
|
|
(ފ) |
ކޮމިޓީގެ ރައީސްގެ މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން ދުރުވާ މުއްދަތުގައި ކޮމިޓީގެ ހިންގުމާ ޙަވާލުވެ ހުންނާނީ ކޮމިޓީގެ ނައިބު ރައީސްއެވެ. އަދި ކޮމިޓީގެ ނައިބު ރައީސް ނެތް ޙާލަތެއްގައި ކޮމިޓީގެ ހިންގުމާ ޙަވާލުވެ ހުންނާނީ އެވަގުތަކު ކޮމިޓީން ކަނޑައަޅާ މެމްބަރެކެވެ. |
|
|
|
(ދ) |
ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު އެ މަޤާމަށް މެންބަރަކު އިންތިޚާބުކުރަންވާނީ، މި މާއްދާގައި ބުނެފައިވާ ފަދައިން، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި މި ގަވާއިދުގައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށް ކައުންސިލަށް ފޮނުވައި، ކައުންސިލުން އެކަން ކަށަވަރުކޮށްދިނުމުންނެވެ. |
|
|
|
(ތ) |
މި މާއްދާގައި ބުނެފައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، އިޞްލާޙުކުރަންވީ ކަންކަމާއި އެކަންކަން އިޞްލާޙުކުރުމަށް ދެވޭ މުއްދަތު ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސަށް އެންގުނު ތާރީޚުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައްވެސް ހިމެނޭ ގޮތަށެވެ. |
|
|
|
(ލ) |
ކޮމެޓީ ހިންގުމުގައި ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސް އިހުމާލުވިކަމަށް ފާސްކުރި ބައްދަލުވުމުގައި ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސް ބައިވެރިވެފައިވާނަމަ، އިޞްލާޙުކުރުމަށް އެންގުމަށް ބައްދަލުވުމުން ނިންމިކަން، ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސަށް އެންގުނުކަމަށް ބެލެވޭނެއެވެ. އަދި އެކަން ބަޔާންކޮށް އަލުން ލިޔުމުން އެންގުން ލާޒިމެއް ނޫނެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ރައީސް ނުވަތަ ނައިބު ރައީސް ބައިވެރިވެފައި ނުވާނަމަ، ކޮމެޓީގެ ނިންމުން ލިޔުމުން ރައީސް ނުވަތަ ނައިބު ރައީސަށް އެންގުނުކަން ކޮމެޓީން ކަށަވަރުކުރަންވާނެއެވެ. އަދި އެ ޙާލަތުގައި 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، ކޮމެޓީގެ ނިންމުން ލިޔުމުން އެންގުނު ތާރީޚުން ފެށިގެންނެވެ. |
|
|
|
(ގ) |
މި މާއްދާގެ (ލ) ގެ ދަށުން ރައީސް ނުވަތަ ނައިބު ރައީސަށް އަންގާ އެންގުމާ ޙަވާލުވުމަށް ރައީސް ނުވަތަ ނައިބު ރައީސް އިންކާރުކުރާނަމަ، ލިޔުން ހަވާލުކުރަން މަސައްކަތްކުރުމުން ލިޔުމާ ޙަވާލުވުމަށް އިންކާރުކުރިކަމަށް 2 (ދޭއް) ފަރާތަކުން ހެކިކޮށް ސޮއިކުރަން ވާނެއެވެ. އަދި މިޙާލަތުގައި ރައީސް ނުވަތަ ނައިބު ރައީސަށް ލިޔުމުން ޙަވާލުކުރިކަމަށް ބަލައި، އެ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނޭނެއެވެ. |
|
|
|
(ޏ) |
ކޮމެޓީން ހިންގުމުގައި އިޞްލާޙުކުރަން އަންގާ ކަމެއް އެކަން އިޞްލާޙުކުރުމަށް ދޭ މުއްދަތުގައި އިޞްލާޙުނުކުރުމާއި، ފުރަތަމަ މަރުޙަލާ ފުރިހަމަކޮށްފައިވަނިކޮށް އެފަދަ ކަމެއް ނުވަތަ އެ ނޫންވެސް، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ރޫހާ ޚިލާފު އެހެން ކަމެއް ކުރުމަކީ، މި މާއްދާގެ ބޭނުމަށް، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ރޫހާ އެއްގޮތަށް ކޮމެޓީ ހިންގުމުގައި އިހުމާލުވަމުންދިއުން ތަކުރާރުކުރުން ކަމުގައި ބެލެވޭނެއެވެ. |
|
ރައީސް، ނައިބު ރައީސްގެ މަޤާމު ހުސްވުން |
(ހ)
|
ކޮމިޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަޤާމު ހުސްވެއްޖެނަމަ ބަދަލުގައި އެއިން މަޤާމަކަށް މެންބަރަކު 30 (ތިރީސް) ދުވަހުގެ ތެރޭގައި އަލުން އިންތިޚާބު ކުރަންވާނެއެވެ. |
||
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން، ރައީސް ނުވަތަ ނައިބު ރައީސްގެ މަޤާމު ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަޤާމަށް މެންބަރަކު އިންތިޚާބުކުރެވިފައި ނުވާނަމަ، އެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރެވެންދެން، އެ ނޫންކަމަކާ ގުޅޭގޮތުން ކޮމެޓީގެ ބައްދަލުވުމެއްގައި މަޝްވަރާ ކޮށްގެން ނުވާނެއެވެ. |
|
|
|
(ނ) |
ކޮމިޓީގެ މަޤާމުތަކަށް އަންނަ ބަދަލުތައް ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޮމިޓީ ނިސްބަތްވާ ކައުންސިލަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އަންގަންވާނެއެވެ. |
|
މެންބަރަކު މެންބަރުކަމުން ވަކިވުން |
މެންބަރަކު އެއްވެސް ސަބަބަކާހުރެ ވަކިވެއްޖެނަމަ، ރަށު/ސިޓީ ކައުންސިލް މެދުވެރިކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ސަބަބު އެނގޭ ގޮތަށް ލިޔުމަކުން އަންގަންވާނެއެވެ. މެންބަރަކު މެންބަރު ކަމުން ވަކިވިކަމަށް ބެލެވޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ. |
|||
|
|
(ހ) |
އެ މީހަކު މެންބަރުކަމުން ވަކިވާން އެދި ކޮމިޓީއަށް އެޑްރެސްކޮށް ސިޓީ ފޮނުވުން. |
|
|
|
(ށ) |
މަޤްބޫލު އުޒުރެއް ނެތި ވިދިވިދިގެން 5 (ފަހެއް) ޖަލްސާއަށް ހާޒިރުނުވުން. މަޤުބޫލު އުޒުރެއްކަމަށް ބެލެވޭނީ ތިމާ ނުވަތަ ބަލަންޖެހޭ މީހަކު ބަލިވެގެން ނުވަތަ މި ނޫންވެސް ކޮމިޓީން ޤަބޫލުކުރާ ސަބަބެއް މެދުވެރިވުމުން. |
|
|
|
(ނ) |
މެންބަރެއްގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އިޞޫލުން ހިންގުމުގެ ޤާނޫނު) ގެ 56-6 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ފަދައިން، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ލާޒިމްކުރާ ސިފައެއް މެންބަރެއްގެ ކިބައިން އުނިވުން. |
|
|
|
(ރ) |
މަރުވުން ނުވަތަ ކޮމިޓީގެ ވާޖިބު އަދާނުކުރެވޭ މިންވަރަށް ދާއިމަށް ނުކުޅެދުން. |
|
ކޮމިޓީގެ ރައީސްގެ މަސްއޫލިއްޔަތު |
ކޮމިޓީގެ ރައީސްގެ މަސްއޫލިއްޔަތު ތިރީގައި މި ވަނީއެވެ. |
|||
|
|
(ހ) |
ކޮމެޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮމެޓީން ނިންމާ ނިންމުންތައް ތަންފީޛުކުރުން؛ |
|
|
|
(ށ) |
ކޮމިޓީގެ މަޤްޞަދާއެއްގޮތަށް ކޮމިޓީގެ ހަރަކާތްތައް ރާވާ ހިންގުން؛ |
|
|
|
(ނ) |
ކޮމެޓީގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ކޮމެޓީން އެކަށައަޅާ މަސައްކަތު ތާވަލާއި ބަޖެޓުގެ މަޤްޞަދުތައް ޙާޞިލުކުރެވޭނެ ގޮތަށް ކޮމެޓީގެ މަސައްކަތްތައް ބައްޓަންކުރުން؛ |
|
|
|
(ރ) |
ކޮމެޓީގެ ބައްދަލުވުންތައް ގަވާއިދުން ބޭއްވުމާއި ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން؛ |
|
|
|
(ބ) |
ކޮމެޓީގެ ޙަރަކާތްތައް ހިނގަމުންދަނީ ކޮމެޓީގެ މަޤްޞަދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން؛ |
|
|
|
(ޅ) |
ކޮމެޓީން އެކުލަވާލަން ލާޒިމުކުރާ ޕްލޭންތަކާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޢާންމުކުރަންޖެހޭ ނިންމުންތައް ޢާންމުކުރެވޭކަން ކަށަވަރުކުރުން؛ |
|
|
|
(ކ) |
ކޮމެޓީ ތަމްސީލުކުރަންޖެހޭ ތަންތަނުގައި ކޮމެޓީ ތަމްސީލުކުރުން؛ |
|
|
|
(އ) |
ކޮމެޓީ ހިނގަމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން؛ |
|
|
|
(ވ) |
ކޮމެޓީގެ މާލީ ޒިންމާތައް ގަވާއިދު ނަންބަރު 2017/R-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު)އާއި އެއްގޮތްވާ ގޮތުގެމަތިން އަދާކުރަމުންދާކަން ކަށަވަރުކުރުން؛ |
|
|
|
(މ) |
ކޮމެޓީގެ މަސްއޫލިއްޔަތާއި ޒިންމާތަކާ ގުޅިގެން ރައްޔިތުންނަށާއި، މަސްއޫލު އިދާރާތަކަށް ޖަވާބުދާރީވުން؛ |
|
|
|
(ފ) |
ކޮމިޓީގެ މާލިއްޔާއިން ކުރަންޖެހޭ ޚަރަދުތައް ކުރުމުގެ ހުއްދަ ދިނުމާއި ފައިސާގެ ކަންތައްތައް ކަނޑައެޅިފައިވާ ގަވާއިދުން ހިންގާތޯ ބެލުން؛ |
|
|
|
(ދ) |
ކޮމެޓީން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން؛ |
|
|
|
(ތ) |
މި މިނޫންވެސް ޤާނޫނުގައި ކޮމިޓީގެ މަސްއޫލިއްޔަތުތަައްކަމަށް ބަޔާންކުރާ މަސްއޫލިއްޔަތުތައް އަދާކުރުން. |
|
ކޮމިޓީގެ ނައިބު ރައީސްގެ މަސްއޫލިއްޔަތު |
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބު ރައީސްގެ މަސްއޫލިއްޔަތު ތިރީގައި މިވަނީއެވެ. |
|||
|
|
(ހ) |
ކޮމެޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ކޮމެޓީގެ ރައީސަށް އެހީތެރިވެދިނުން؛ |
|
|
|
(ށ) |
ކޮމެޓީގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ޙާލަތެއްގައި، ނުވަތަ ޢުޛުރުވެރިވެއްޖެ ޙާލަތެއްގައި، ނުވަތަ އެ މަޤާމު ހުސްވެއްޖެ ޙާލަތެއްގައި، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކޮމެޓީގެ ނައިބު ރައީސެވެ. މީގެ އިތުރުން، ކޮމެޓީގެ ރައީސް ކޮމެޓީގެ ނައިބު ރައީސާ ޙަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ. |
|
|
|
(ނ) |
ކޮމެޓީން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން؛ |
|
|
|
(ރ) |
މި މިނޫންވެސް ޤާނޫނުގައި ކޮމިޓީގެ މަސްއޫލިއްޔަތުތަައްކަމަށް ބަޔާންކުރާ މަސްއޫލިއްޔަތުތައް އަދާކުރުން. |
|
ކޮމެޓީގެ މެންބަރުންގެ މަސްއޫލިއްޔަތު |
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. |
|||
|
|
(ހ) |
ރަށުގެ އަންހެނުންނަށް ދިމާވާ ދަތިތައް ކޮމެޓީގެ ސަމާލުކަމަށް ގެނައުމާއި އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން؛ |
|
|
|
(ށ) |
ކޮމެޓީގެ ޖަލްސާތަކުގައި ބައިވެރިވުން؛ |
|
|
|
(ނ) |
ކޮމެޓީގެ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި މަސައްކަތްކުރުން؛ |
|
|
|
(ރ) |
ކޮމެޓީން އެކުލަވާލަންޖެހޭ ޕްލޭންތަކާއި މަސައްކަތު ތާވަލާއި ބަޖެޓު އެކުލަވާލުމުގައި ޢަމަލީ ގޮތުން ބައިވެރިވުން؛ |
|
|
|
(ބ) |
ކޮމެޓީގެ މަސްއޫލިއްޔަތުތަކާ ގުޅިގެން ކޮމެޓީގެ ރައީސް ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން. |
|
|
|
(ޅ) |
މި މިނޫންވެސް ޤާނޫނުގައި ކޮމިޓީގެ މަސްއޫލިއްޔަތުތަައްކަމަށް ބަޔާންކުރާ މަސްއޫލިއްޔަތުތައް އަދާކުރުން. |
|
ތިންވަނަ ބާބު ކޮމިޓީގެ ބައްދަލުވުން |
||||
ކޮމިޓީގެ ބައްދަލުވުން |
ކޮމިޓީގެ ބައްދަލުވުންތައް ބެހިގެންވަނީ އަންނަނިވި 3 (ތިނެއް) ބާވަތުގެ މައްޗަށެވެ. |
|||
|
|
(ހ) |
ކޮމިޓީގެ ޢާންމު ބައްދަލުވުން. |
|
|
|
(ށ) |
ކޮމިޓީގެ ކުއްލި ބައްދަލުވުން. |
|
|
|
(ނ) |
ކޮމިޓީން ކައުންސިލާއެކު ބާއްވާ ބައްދަލުވުންތައް |
|
ބައްދަލުވުމުގެ ޤާނޫނީ ޢަދަދު |
(ހ) |
ކޮމިޓީގެ ބައްދަލުވުމެއް ބޭއްވޭނީ ކޮމިޓީގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ. |
||
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޤާނޫނީ ޢަދަދު ހަމަނުވާނަމަ، އެ ޢަދަދު ހަމަވަންދެން، އެ ބައްދަލުވުމެއް މެދުކަނޑާލުމުގެ ނުވަތަ އެހެން ވަގުތަކަށް ފަސްކުރުމުގެ އިޚްތިޔާރު ކޮމިޓީގެ ރައީސަށް ލިބިގެންވެއެވެ. |
|
ކޮމިޓީގެ ޢާންމު ބައްދަލުވުން ބާއްވާ ދުވަސް |
(ހ) |
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކޮންމެ މަހަކު އެއްފަހަރު ކޮމިޓީގެ ތާވަލުކުރެވިފައިވާ ޢާންމު ބައްދަލުވުމެއް ބާއްވަންވާނެއެވެ. ޢާންމުކޮށް ބައްދަލުވުން ބާއްވާނެ މަހުގެ ދުވަސް ކޮމިޓީން ކަނޑައަޅަންވާނެއެވެ. ( ކޮންމެ ބުރާސްފަތި ދުވަހެއްގެ 21:00 ގައި) |
||
|
|
(ށ) |
ކޮމިޓީގެ ރައީސަށް ނުވަތަ ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތަށް ފެނިއްޖަނަމަ، މަހަކު 1 (އެކެއް) ޢާންމު ބައްދަލުވުމަށް ވުރެ ގިނަ ޢާންމު ބައްދަލުވުން ބޭއްވުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. |
|
ކޮމިޓީގެ ޢާންމު ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ |
(ހ) |
ބައްދަލުވުން ބާއްވާނެ ތަނާއި، ވަގުތާއި، އެޖެންޑާ ކަނޑައަޅާނީ ކޮމިޓީގެ ރައީސެވެ. |
||
|
|
(ށ) |
ކޮމިޓީގެ ޢާންމު ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާ ތަނާއި، ގަޑިއާއި، އެޖެންޑާ، އެ ބައްދަލުވުމެއް ބޭއްވުމުގެ މަދުވެގެން 1 (އެކެއް) ދުވަސްކުރިން، ކޮމިޓީގެ ރައީސް، ލިޔުމުން ކޮމިޓީގެ މެންބަރުންނަށް ފޮނުވަންވާނެއެވެ. |
|
|
|
(ނ) |
މި މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮމިޓީގެ ޢާއްމު ބައްދަލުވުމުގެ އެޖެންޑާ، ބައްދަލުވުމުގެ 1 (އެކެއް) ދުވަސްކުރިން ފޮނުވި ގޮތުގެ ރެކޯޑުތައް ކޮމިޓީގެ އިދާރީ ކަންކަމާ ޙަވާލުވެ ހުންނަ ކައުންސިލުގެ މުވައްޒަފު ބަލަހައްޓަންވާނެއެވެ. |
|
ކޮމިޓީގެ ޢާންމު ބައްދަލުވުމުގެ އެޖެންޑާ |
(ހ) |
ކޮމިޓީއަށް ހުށަހެޅޭ ހުރިހާކަމެއް، އެ ހުށަހެޅޭ ތަރުތީބުން، ކޮމިޓީގެ ރައީސް އެޖެންޑާ ކުރަންވާނެއެވެ. |
||
|
|
(ށ) |
ކޮމިޓީގެ މެންބަރަކު ޖަލްސާގެ އެޖެންޑާގައި ކަމެއް ހިމެނުމަށް ބޭނުންވާނަމަ ޢާންމު ބައްދަލުވުން ތާވަލުކުރެވިފައިވާ ދުވަހުގެ 2 (ދޭއް) ދުވަސް ކުރިން، ލިޔުމަކުން ކޮމިޓީގެ ރައީސަށް އަންގަންވާނެއެވެ. |
|
|
|
(ނ) |
ކޮމިޓީގެ ނިސްބަތްވާ ކައުންސިލުގެ ދާއިރާގެ ރައްޔިތަކު ނުވަތަ ކުންފުނި ނުވަތަ ޖަމާޢަތްތަކުން ކޮމިޓީއަށް ވަކިކަމެއް ހުށަހަޅަން ބޭނުންވާނަމަ އެކަމެއް ކޮމިޓީ ނިސްބަތްވާ ކައުންސިލުގެ އިދާރާ މެދުވެރިކޮށް ކޮމިޓީއަށް ހުށަހެޅިދާނެއެވެ. |
|
|
|
(ރ) |
ސަރުކާރުގެ ފަރާތުން ކޮމިޓީއަށް ހުށަހަޅާ ކަންތައްތައް ހުށަހަޅާނީ ޤައުމީ އިދާރާތަކުންނެވެ. |
|
|
|
(ބ) |
ކޮމިޓީގެ ޢާންމު ބައްދަލުވުމެއްގެ އެޖެންޑާގައި ހިމެނުމަށް ހުށަހެޅޭ ކޮންމެ މައްސަލައަކީވެސް، ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ކޮމިޓީއަށް ބެލުމުގެ އިޚްތިޔާރާއި ބާރު އޮތް މައްސަލައަކަށް ވާންވާނެއެވެ. |
|
ކޮމިޓީގެ ކުއްލި ބައްދަލުވުން |
އަންނަނިވި ޙާލަތުންކުރެ ޙާލަތެއްގައި، އެ ހުށަހެޅިފައިވާ ކަމެއް ކުރުމަށްޓަކައި، ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަންވާނެއެވެ. |
|||
|
|
(ހ) |
ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، މަދުވެގެން ކޮމިޓީގެ ތިންބައިކުޅަ އެއްބައި މެންބަރުން އެދުން. |
|
|
|
(ށ) |
ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން އެދުން. |
|
|
|
(ނ) |
އެކަށީގެންވާ ސަބަބަކާހުރެ ކޮމިޓީގެ ރައީސަށް މިފަދަ ބައްދަލުވުމެއް ބާއްވަން ފެނުން. |
|
ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން ހުށަހެޅުން |
ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން އެދުމުގައި، އެ ޖަލްސާއެއް ބާއްވަން ބޭނުންވާ ސަބަބާއި ތާރީޚް ލިޔުމުން ކޮމިޓީގެ ރައީސަށް ހުށަހަޅަންވާނެއެވެ. |
|||
ކޮމިޓީގެ ކުއްލި ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ |
(ހ) |
މި ގަވާއިދުގައިވާ ގޮތުގެމަތިން، ކޮމިޓީން ބާއްވާ ކުއްލި ބައްދަލުވުން ބާއްވާނެ ތަނާއި، ވަގުތާއި، އެޖެންޑާ ކަނޑައަޅާނީ، އެ ބައްދަލުވުމެއް ބޭއްވުމަށް ހުށަހެޅި ފަރާތަކުން ލިޔުމުން ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތްވާ ގޮތުގެމަތިން، ކޮމިޓީގެ ރައީސެވެ. |
||
|
|
(ށ) |
ކޮމިޓީގެ ކުއްލި ބައްދަލުވުން ބޭއްވުމަށް ކޮމިޓީގެ ރައީސް ކަނޑައަޅާ ތަނާއި، ގަޑިއާއި، އެޖެންޑާ، ވީއެންމެ އަވަހަކަށް ކޮމިޓީގެ ރައީސް، ލިޔުމުން ކޮމިޓީގެ މެންބަރުންނަށް ފޮނުވަންވާނެއެވެ. |
|
ކުއްލި ބައްދަލުވުމެއްގައި ނުނިންމޭނެ ކަންތައްތައް |
އަންނަނިވި ކަންކަމުން ކުރެ ކަމެއް ކޮމިޓީގެ ކުއްލި ބައްދަލުވުމެއްގައި ނިންމައިގެން ނުވާނެއެވެ. |
|||
|
|
(ހ) |
ކޮމިޓީގެ ރައީސް އަދި ނައިބު ރައީސްގެ މަޤާމަށް މެންބަރަކު ހޮވުން؛ |
|
|
|
(ށ) |
ކޮމިޓީގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓް ނެގުން؛ |
|
|
|
(ނ) |
ވިޔަފާރިކުރުން އަދި ދަރަންޏަށް ޒިންމާވުން؛ |
|
|
|
(ރ) |
ކޮމިޓީގެ ބަޖެޓް ކަނޑައެޅުމާ ބަޖެޓް ފާސްކުރުން އަދި |
|
|
|
(ބ) |
ކޮމިޓީގެ ޕްލޭންތައް އެކުލަވާލުމާއި ފާސްކުރުން. |
|
ކޮމިޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން |
ކޮމިޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ކޮމިޓީގެ ރައީސެވެ. ރައީސް ނެތް ޙާލަތެއްގައި ރިޔާސަތު ބަލަހައްޓާނީ ކޮމިޓީގެ ނައިބުރައީސެވެ. |
|||
ކޮމިޓީގެ ބައްދަލުވުންތައް ފެށުމާއި ނިންމުން |
(ހ) |
މި ގަވާއިދުގައިވާ ގޮތުގެމަތިން ކޮމިޓީން ބާއްވާ ކޮންމެ ބައްދަލުވުމެއްގެ ފެށުމާއި ނިންމުން ބައްދަލުވުމުގެ ރިޔާސަތުން އިޢުލާނުކުރަންވާނެއެވެ. |
||
|
|
(ށ) |
ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާފައިވާ ގަޑިޖެހުމުން، އެ ބައްދަލުވުމުގެ ޤާނޫނީ ޢަދަދު ހަމަވޭތޯ ރިޔާސަތުން ބަލަންވާނެއެވެ. ޤާނޫނީ ޢަދަދު ހަމަވާނަމަ މެންބަރުންގެ ޢަދަދު ރިޔާސަތުން އިޢުލާންކުރުމަށްފަހު ބައްދަލުވުން ފަށާނީއެވެ. ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވާ ގަޑިޖެހޭއިރު ޤާނޫނީ ޢަދަދު ހަމަނުވާނަމަ، އެ ޢަދަދު ހަމަވޭތޯ 15 (ފަނަރަ) މިނެޓް ބަލަންވާނެއެވެ. މި ވަގުތު ފަހަނައަޅައިދިއުމުންވެސް ޤާނޫނީ ޢަދަދު ހަމަނުވާނަމަ، އެކަން ރިޔާސަތުން އިޢުލާންކުރަންވާނެއެވެ. |
|
އެޖެންޑާ އިއްވުމާއި ފާސްކުރުން |
(ހ) |
ބައްދަލުވުން ފެށުމަށްފަހު، އެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެޖެންޑާ ރިޔާސަތުން އިއްވަންވާނެއެވެ. |
||
|
|
(ށ) |
އެޖެންޑާގެ ތަރުތީބަށް ބަދަލު ގެނައުމަށް ކޮމިޓީގެ ބައްދަލުވުމުން ފާސްކުރެވިދާނެއެވެ. |
|
|
|
(ނ) |
ޢާއްމު ބައްދަލުވުމުގެ 1 (އެކެއް) ދުވަސްކުރިން ފޮނުވި އެޖެންޑާގައި ނުހިމެނޭ ކަމެއް، ޢާއްމު ބައްދަލުވުމުގެ އެޖެންޑާއަށް އިތުރެއް ނުކުރެވޭނެއެވެ. އަދި އެޖެންޑާގައި ހިމެނޭ ކަމެއް އެޖެންޑާއިން އުނިކޮށްގެންވެސް ނުވާނެއެވެ. |
|
އެޖެންޑާއާ ބައްދަލުވުން އެއްގޮތަށް ކުރިއަށް ގެންގޮސް ބަހުސަށް ހުޅުވާލުން |
(ހ) |
ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށްފަހު، އެ އެޖެންޑާގައި ކަނޑައެޅިފައިވާ ތަރުތީބުން، އެޖެންޑާގައި ހިމަނާފައިވާ ކަންކަން، ރިޔާސަތުން ކަނޑައަޅާ ގޮތެއްގެމަތިން ބައްދަލުވުމަށް ހުށަހަޅައި، އެކަމަކާބެހޭގޮތުން ބަހުސްކުރުމުގެ ފުރުޞަތު ބައްދަލުވުމުގެ ރިޔާސަތުން ހުޅުވާލަންވާނެއެވެ. |
||
|
|
(ށ) |
މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބަހުސްގެ ފުރުޞަތު ހުޅުވާލުމުގައި، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، މުޅި ބަހުސަށް ދެވޭނެ ޖުމްލަ ވަގުތާއި، ކޮންމެ މެންބަރަކަށް ދެވޭ ފުރުޞަތުގެ ދިގުމިން ކަނޑައެޅުމުގެ އިޚްތިޔާރު ބައްދަލުވުމުގެ ރިޔާސަތަށް ލިބިގެންވެއެވެ. މިގޮތުގެމަތިން ފުރުޞަތުގެ ދިގުމިން ކަނޑައަޅަން ރިޔާސަތުން ނިންމައިފިނަމަ، ބަހުސްގެ ޖުމްލަ ދިގުމިނާއި، ކޮންމެ މެންބަރަކަށް ލިބޭނެ ފުރުޞަތުގެ ދިގުމިން، ބަހުސްފެށުމުގެ ކުރިން ރިޔާސަތުން އިޢުލާނު ކުރަންވާނެއެވެ. މިގޮތަށް މެންބަރުންނަށް ފުރުސަތުދޭންވާނީ ހަމަހަމަ އުސޫލަކުންނެވެ. |
|
ބައްދަލުވުމުގައި ވާހަކަދެއްކުމަށް ފުރުސަތަށް އެދުން |
(ހ) |
މި ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބަހުސަށް ހުޅުވާލުމުން، އެ ބައްދަލުވުމަކަށް ހުށަހެޅިފައިވާ މައްސަލައިގެ ބަހުސުގައި ބައިވެރިވާން ބޭނުންވާ މެންބަރުން، އަތް އުފުލައިގެން ރިޔާސަތަށް އެކަމަށް އެދޭނީއެވެ. |
||
|
|
(ށ) |
ބަހުސްގައި ބައިވެރިވުމަށް ފުރުޞަތަށް އެދޭ މެންބަރުންނަށް، އެ ބަހުސަކަށް ކަނޑައެޅިފައިވާ ވަގުތު ހަމަވަންދެން، ނުވަތަ ބަހުސް އެއްކޮށް ނިމެންދެން، ފުރުޞަތަށް މެންބަރުން އެދުނު ތަރުތީބުކަމަށް ރިޔާސަތަށް ނޯޓުކުރެވިފައިވާ ތަރުތީބުން، ފުރުޞަތުދޭންވާނެއެވެ. |
|
ބަހުސްގައި ވާހަކަ ދެއްކުމުގެ އަދަބުތައް |
ކޮމިޓީގެ ބައްދަލުވުންތަކުގައި ވާހަކަދެއްކުމުގައި، ކޮންމެ މެންބަރަކުވެސް އަންނަނިވި އުސޫލުތަކަށް ތަބާވާންވާނެއެވެ. |
|||
|
|
(ހ) |
މެންބަރަކު ވާހަކަ ދައްކަމުންދާ ވަގުތު އޭނާއާއި ރިޔާސަތާ ދެމެދު އެއްވެސް ހުރަހެއް ނުހުރުމާއި، މެންބަރަކުވެސް އެދެމެދަށް ހުރަސް ނޭޅުން. |
|
|
|
(ށ) |
ހުށަހަޅާފައިވާ މައްސަލައެއްގެ މައްޗަށް މެންބަރުންގެ ވާހަކަ ބިނާކުރުން. |
|
|
|
(ނ) |
އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފުނުވެ، ދިވެހިރާއްޖޭގެ ބަސްމޮށެ އުޅުމުގެ އަދަބުތަކަށް ޙުރުމަތްތެރިކޮށް ހިތައިގެން، ކައުންސިލާއި ކޮމިޓީގެ އެއްވެސް މެންބަރެއްގެ ޢިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނޭ ގޮތުގެމަތިން، ވާހަކަދެއްކުން. |
|
ބަހުސް ނިންމުން |
(ހ) |
ކޮމިޓީގެ ބައްދަލުވުމަށް ހުށަހެޅި ބަހުސްކުރެވެމުންދާ މައްސަލައިގެ ބަހުސް ނިމުމުން ނުވަތަ ބަހުސަށް ކަނޑައެޅިފައިވާ ޖުމްލަ ވަގުތު ހަމަވުމުން، އެ ބަހުސްކުރެވުނު މައްސަލައެއް ހުށަހެޅި މެންބަރަކަށް، ޖަވާބުދާރީ ވުމަށާއި ފަހުބަސްބުނުމަށް މަދުވެގެން 3 (ތިނެއް) މިނެޓް ދޭންވާނެއެވެ. |
||
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މައްސަލަ ހުށަހެޅި މެންބަރަށް ފަހުބަސް ބުނުމުގެ ފުރުޞަތު ރިޔާސަތުން ދިނުމާއެކު، އެ މައްސަލައެއްގެ ބަހުސް ނިމުނީއެވެ. |
|
މެމްބަރަކު ކުރިޔަށް ގެންދާ ވާހަކައެއް ހުއްޓާލުމަށް އެންގުން |
މެންބަރަކު ވާހަކަދައްކަމުން ދަނިކޮށް އަންނަނިވި ކަންކަމުންކުރެ ކަމެއް ދިމާވެއްޖެނަމަ، އެ މެންބަރަކު ދައްކަމުންދިޔަ ވާހަކަ ހުއްޓާލަންވާނެއެވެ. |
|||
|
|
(ހ) |
މެންބަރަކު ދައްކާ ވާހަކައަކީ އިސްލާމްދީނުގެ އަސްލަކާ ޚިލާފުވާ ގޮތަށް ދައްކާ ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓާލުމަށް އެންގުން. |
|
|
|
(ށ) |
މެންބަރަކު ވާހަކަދައްކަނީ ކޮމިޓީގައި ވާހަކަދެއްކުމުގެ އަދަބުތައްކަމަށް މި ގަވާއިދުގައި ބަޔާންކުރާ ކަމަކާ ތަޢާރުޟުވާ ގޮތަށްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓާލުމަށް އެންގުން. |
|
|
|
(ނ) |
މެންބަރަކު ދައްކާ ވާހަކައަކީ އެޖެންޑާގައި ހިމެނިގެންވާ ކަމަކާ ގުޅުމެއްނެތް ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓާލުމަށް އެންގުން. |
|
ވާހަކަ ހުއްޓާލަން އެންގި ސަބަބު ބަޔާންކުރުން |
މެންބަރެއްގެ ވާހަކަ ހުއްޓާލުމަށް ރިޔާސަތުން އަންގައިފިނަމަ، އެވާހަކައެއް ހުއްޓާލުމަށް އަންގާ ސަބަބު، ރިޔާސަތުން ސާފުކޮށް ބަޔާންކުރަންވާނެއެވެ. |
|||
ކޮމިޓީގެ ބައްދަލުވުމެއްގައި ކުރުން ހުއްދަނޫން ކަންކަން |
ކޮމިޓީގެ އެއްވެސް ބައްދަލުވުމެއްގައި، ކޮމިޓީގެ މެންބަރަކު، އަންނަނިވި ކަންކަމުންކުރެ ކަމެއް ކޮށްގެން ނުވާނެއެވެ. |
|||
|
|
(ހ) |
މެންބަރަކު ވާހަކަ ދައްކަމުން ގެންދާއިރު އޭނާއަށް އުނދަގޫވާފަދަ އެއްވެސް ކަމެއް ކުރުން. |
|
|
|
(ށ) |
ބައްދަލުވުން ހިނގަމުންދާއިރު ކޮމިޓީގެ ޙުރުމަތް ކެނޑޭފަދަގޮތަށް ނޫސް މަޖައްލާފަދަ ތަކެތި ކިޔުމާއި، އެހެނިހެން މެންބަރުންނާ ވާހަކަދައްކާ ހެދުމާއި، ބައްދަލުވުމެގެ އަޑުއެހުމަށް އައިސް ތިބޭ މީހުންނަށް އިޝާރާތްކޮށް މުޢާމަލާތްކޮށްހެދުން؛ |
|
|
|
(ނ) |
ކޮމިޓީން ކަނޑައަޅާ ގޮތެއްގެމަތިން ކޮމިޓީގެ ބޭނުމަށް ފިޔަވައި، ކެސެޓް ރެކޯޑަރ، ނުވަތަ ޓޭޕް ރެކޯޑަރ، ނުވަތަ ކެމެރާ، ނުވަތަ މަންޒަރު ނުވަތަ އަޑު ރެކޯޑުކުރެވިދާނެ އެނޫންވެސް އެއްޗެހި ކޮމިޓީގެ ބައްދަލުވުންތަކުގައި ބޭނުންކުރުން. |
|
|
|
(ރ) |
މެންބަރަކު ވާހަކަދައްކަމުން ގެންދަނިކޮށް އެ މެންބަރަކާ ރިޔާސަތާ ދެމެދު ހުރަސް އެޅުން. |
|
|
|
(ބ) |
ބައްދަލުވުމުގެ ތެރޭގައި މޯބައިލް ފޯނުން ފޯނު ކުރުމާއި، ފޮޓޯއާއި ވީޑިއޯ ނެގުމާއި، އަޑު ރެކޯޑުކުރުން. |
|
ކޮމިޓީގެ ބައްދަލުވުންތަކުގައި، ބައިވެރިވުމުގެ ފުރުޞަތު ދިނުން |
(ހ) |
ކޮމިޓީގެ ބައްދަލުވުންތަކަކީ ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުންތަކެކެވެ. |
||
|
|
(ށ) |
ކޮމިޓީގެ ބައްދަލުވުމުގެ އަޑުއަހަން ވަންނަ އެއްވެސް ފަރާތަކަށް ކޮމިޓީގެ ބައްދަލުވުމުގައި އެއްވެސް ވާހަކައެއް ދެއްކުމާއި، ބަހުސްގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. |
|
|
|
(ނ) |
ބައްދަލުވުމުގެ އަޑުއަހަށް ވަންނަ އެއްވެސް ފަރާތަކުން، ބައްދަލުވުން ކުރިއަށް ގެންދިއުމަށް ދަތިވާފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ މަނާ ކަމެކެވެ. އަދި މިފަދަ ޢަމަލެއް ހިންގި ކޮންމެ މީހަކު، ބައްދަލުވުން ބާއްވާ މާލަމުން ވަގުތުން ބޭރުކުރުމާއި، އޭގެ ފަހުގެ އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް، ނުވަތަ ވަކި މުއްދަތަކަށް އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް ނިންމުމުގެ އިޚްތިޔާރު ކޮމިޓީގެ ރައީސަށް ލިބިގެންވެއެވެ. |
|
|
|
(ރ) |
ކޮމިޓީގެ ބައްދަލުވުމުގައި އެޖެންޑާކުރެވިފައިވާ ކަމަކާ ގުޅިގެން ކޮމިޓީއަށް ބޭނުންވާ މަޢުލޫމާތާއި މަޝްވަރާދެވިދާނެ އެކި ފަރާތްތަކަށް، ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ދަޢުވަތު ދިނުމުގެ ބާރު، ކޮމިޓީގެ ރައީސަށް ލިބިގެންވެއެވެ. |
|
ކޮމިޓީން ކަމެއް ނިންމުން |
(ހ) |
މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ކޮމިޓީގެ ބައްދަލުވުމަށް ހުށަހެޅޭ ކަންކަން ނިންމޭނީ ކޮމިޓީގެ ބައްދަލުވުމަކަށް އެ ކަމެއް ހުށަހެޅި، އެ ބައްދަލުވުމަށް ޙާޟިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. |
||
|
|
(ށ) |
މި މާއްދާގެ (ހ)ގައި އެހެން އޮތް ނަމަވެސް، އަންނަނިވި ކަންކަމުންކުރެ ކަމެއް ފާސްކުރެވޭނީ މުޅި ކޮމިޓީގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. |
|
|
|
|
1. |
ކޮމިޓީގެ ރައީސް ނުވަތަ ނައިބު ރައީސް މަޤާމުން ދުރުކުރުން؛ |
|
|
|
2. |
ވިޔަފާރިކުރުން އަދި ދަރަންޏަށް ޒިންމާވުން. |
ކޮމިޓީން ކަމެއް ނިންމުމުގައި ރިޢާޔަތްކުރަންޖެހޭ ކަންތައްތައް |
ކޮމިޓީން ކަމެއް ނިންމުމުގައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދޭން ވާނެއެވެ. އަދި ކޮމިޓީން ކަންކަން ނިންމަންވާނީ ޤާނޫނުތަކާއި ގަވާއިދުތަކާއި ސަރުކާރުގެ ސިޔާސަތުތަކާއި ރަށުގެ ތަރައްޤީގެ ޕްލޭނާއި ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. |
|||
ވޯޓު ދިނުން |
(ހ) |
ކޮމިޓީގެ ރައީސް އަދި ނައިބު ރައީސް އިންތިޚާބުކުރުން ފިޔަވައި، ކޮމިޓީން ކަންކަން ނިންމުމުގައި ވޯޓު ދޭނީ އަތް އުފުލައިގެންނެވެ. |
||
|
|
(ށ) |
ކޮމިޓީގެ ކޮންމެ މެމްބަރަކަށްވެސް، ވޯޓަށް އެހޭ ކަމެއްގައި ދެވޭނީ 1 (އެކެއް) ވޯޓެވެ. |
|
ވޯޓު ގުނައި ތަފްޞީލު ރެކޯޑުކުރުމާއި ނަތީޖާ އިޢުލާނުކުރުން |
ވޯޓު ގުނައި، އޭގެ ތަފްޞީލު ރެކޯޑު ކުރާނީ ކައުންސިލުން ކަނޑައަޅާ ކައުންސިލް އިދާރާގެ މުވައްޒަފެކެވެ. އަދި ވޯޓުގެ ނަތީޖާ އިޢުލާނުކުރާނީ ބައްދަލުވުމުގެ ރިޔާސަތުންނެވެ. |
|||
މަސްލަހަތު ފުށުއަރާ ޙާލަތު |
ކޮމިޓީގެ އެއްވެސް މެންބަރެއްގެ އަނބިމީހާ، ފިރިމީހާ، ދަރިއެއް، މަންމަ، ބައްޕަ، އެއްބަޑު އެއްބަފާ ، އެއްބަނޑު ނުވަތަ އެއްބަފާ މީހެއްގެ މަޞްލަޙަތު ހިމެނޭ ނުވަތަ އެ މެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމަކާމެދު ކޮމިޓީގައި މަޝްވަރާކުރާނަމަ، ބައްދަލުވުމުގައި އެ ކަމަކާމެދު މަޝްވަރާކޮށް ގޮތެއް ނިންމުމުގައި އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. |
|||
ރިޔާސަތުން ވޯޓުގައި ބައިވެރިވުން |
ކޮމިޓީން ކަމެއް ނިންމުމުގައި ރިޔާސަތަށް ވޯޓުގައި ބައިވެރިވެވޭނެއެވެ. |
|||
ނިންމުންތައް ހާމަކުރުން |
(ހ) |
ކޮމިޓީން ފާސްކުރާ ޤަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް ޢާއްމުކޮށް ހާމަކުރަންވާނެއެވެ. މިގޮތަށް އާންމު ނުކުރާނަމަ އެއީ ޞައްޙަ ޤަރާރުތަކާއި އަމުރުތަކާއި ނިންމުންތައްކަމުގައި ނުބެލެވޭނެއެވެ. |
||
|
|
(ށ) |
ކޮމިޓީން ފާސްކުރާ ޤަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް ޢާއްމުކޮށް ހާމަކުރުމަށްޓަކައި ކޮމިޓީގެ ސިއްކަ ޖެހުމަށްފަހު ކައުންސިލުގެ އިދާރާގެ ނޯޓިސް ބޯޑާއި، ކައުންސިލުގެ ވެބްސައިޓުގެ އިތުރުން ކޮމިޓީގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޢާއްމުކުރަންވާނެއެވެ. |
|
|
|
(ނ) |
މި މާއްދާގެ (ހ) އާއި (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮމިޓީގެ ޤަރާރުތަކާއި އަމުރުތަކާއި ނިންމުންތައް އާންމުކުރުމަށްފަހު، ކޮމިޓީގެ އިދާރާއިން އެކަން ރެކޯޑުކޮށް ބަލަހައްޓަންވާނެއެވެ. |
|
ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން |
ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުމުގެ އިންތިޒާމު ހަމަޖައްސައި ކޮމިޓީގެ މެންބަރުންނަށް ފަސޭހައިން ފެންނާނޭހެން ބެލެހެއްޓުމަކީ ކައުންސިލުގެ އިދާރާގެ ސެކެޓްރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ. |
|||
ބައްދަލުވުންތަކުގެ ޔައުމިއްޔާ |
(ހ) |
ކޮމިޓީގެ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ، އެ ބައްދަލުވުމެއްގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްކޮށް އެ ޔައުމިއްޔާގައި މެންބަރުން ސޮއިކުރަންވާނެއެވެ. އެ ބައްދަލުވުމެއްގައި ކޮމިޓީން ނިންމި ކަންކަމާއި، ބައްދަލުވުމުގައި ބައިވެރިވި މެންބަރުންނާއި، ބައްދަލުވުމުގައި ބައިވެރިނުވި މެންބަރުން ބައިވެރި ނުވި ސަބަބާއި، ބައްދަލުވުން ބޭއްވި ތާރީޚާއި ތަނާއި ވަގުތާއި ބައްދަލުވުމުގެ އެޖެންޑާ އަދި ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރުންގެ އިތުރުން އެހެން ފަރާތަކުން ބައިވެރިވެފައިވާނަމަ އެކަމުގެ މަޢުލޫމާތު ބައްދަލުވުމުގެ ޔައުމިއްޔާގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ. |
||
|
|
(ށ) |
މި މާއްދާގެ (ހ)ގައި ބަޔާންކުރާ ފަދައިން ކޮމިޓީގެ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުމަށް ވޯޓު ނުދޭ މެންބަރުން، ޔައުމިއްޔާ އިޞްލާޙުކުރާނެ ގޮތެއް ފާހަގަކޮށްފައި ނުވާނަމަ، ބެލެވޭނީ ޔައުމިއްޔާ ރަނގަޅުކަމަށް ރުހޭކަމަށެވެ. |
|
ހަތަރުވަނަ ބާބު ކޮމިޓީގެ މާލީ ކަންކަން |
||||
ބަޖެޓް އެކުލަވައިލުން |
(ހ) |
މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ކ) ބަޔާންކޮށްފައިވާ މަސައްކަތު ތާވަލަށް ބިނާކޮށް، ދައުލަތުން ކައުންސިލަށް ލިބޭ ހިލޭ އެހީގެ ތެރެއިން ކޮމިޓީއަށް ހަވާލުކުރާ 5% (ފަހެއް އިންސައްތަ) އާއި، ކޮމެޓީއަށް ލިބޭ އެހެނިހެން އާމްދަނީއާއި އެހެނިހެން ހިލޭއެހީއަށް ބަލައި، ކޮމެޓީގެ ބަޖެޓް އެކުލަވައިލައިފައި ކައުންސިލަށް ހުށަހަޅަންވާނެއެވެ. |
||
|
|
(ށ) |
ދައުލަތުން ދޭ ހިލޭ އެހީގެ ފައިސާއިން ކޮމެޓީގެ ބަޖެޓުން ހަރަކާތްތައް ހިންގުމަށް ފާސްކޮށް ޚަރަދު ކުރަންވާނީ މެންބަރުންގެ އުޖޫރައަށް ވާ ފައިސާ އުނިކުރުމަށްފަހުއެވެ. |
|
|
|
(ނ) |
މި މާއްދާގެ (ހ) ގައި ކޮމެޓީއަށް ލިބޭނެކަމަށް ކަނޑައަޅާ ފާސްކޮށްފައިވާ ބަޖެޓުގައި ހިމެނޭ ފައިސާއިން އަހަރު ނިމޭއިރު ޚަރަދު ނުކުރެވޭނަމަ، އެ ފައިސާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އާމްދަނީގެ ގޮތުގައި ޖަމާކުރަންވާނެއެވެ. ނަމަވެސް ޑިސެންބަރުމަހުގެ 31 ވަނަ ދުވަހުގެ ކުރިން ގަނެފައިވާ ތަކެއްޗާއި ހޯދައިފައިވާ ޚިދުމަތާއި ގަންނަން އެއްބަސްވެފައިވާ ތަކެއްޗާއި ހޯދަން އެއްބަސްވެފައިވާ ޚިދުމަތްތަކުގެ އަގަށްވާ ފައިސާ، ޖެހިގެން އަންނަ އަހަރުގެ ޖަނަވަރީމަހުގެ 31 ގެ ކުރިން ދައްކައި ނިންމަންވާނެއެވެ. |
|
|
|
(ރ) |
މި މާއްދާގައި ބަޔާންކޮށްފައިވާ ކޮމެޓީގެ އެންމެހައި އާމްދަނީ ފައިސާ ޖަމާކުރާނީ ކައުންސިލުގެ އެކައުންޓުގައި ކޮމެޓީއަށް ޚާއްޞަކޮށްފައިވާ ކޯޑުގައެވެ. |
|
ކޮމިޓީގެ ހިސާބުތައް ބެލެހެއްޓުމާއި ޚަރަދުކުރުން |
(ހ) |
ކޮމިޓީއަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މާލީ އެންމެހައި ކަންކަން ކުރަންވާނީ، ޤާނޫނު ނަންބަރު: 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުނުވާ ގޮތުގެ މަތީންނެވެ. |
||
|
|
(ށ) |
ކައުންސިލުގެ އެކައުންޓުގައި، ކޮމެޓީގެ ފަންޑުގެ ނަމުގައި ހުންނަ ފައިސާއާއި ކޮމިޓީގެ ނަމުގައި ވަކި އެކައުންޓެއްގައި ހުންނަ ފައިސާގެ ތަފުސީލު، ވިޔަ މޮޑިއުލް/ސެޕް ސިސްޓަމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ޚާއްޞަކޮށްފައިވާ ފަންޑުގައި ރެކޯޑުކުރަންވާނެއެވެ. |
|
|
|
(ނ) |
ކޮމެޓީގެ ފަންޑުގެ ހިސާބު ބެލެހެއްޓުމާއި، ކޮމެޓީގެ ހަރަކާތްތަކަށް ޚިދުމަތާއި މުދާ ހޯދުމުގެ ހުއްދަ (ޕީ.އޯ. އޮތަރައިޒްކުރުން) އާއި ކޮމެޓީގެ ފަންޑުން ފައިސާ ޚަރަދުކުރުމުގެ ހުއްދަ (ޕީ.ވީ. އޮތަރައިޒް ކުރުން) ދޭނީ، ކައުންސިލުގެ އެ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ މުވައްޒަފުންނެވެ. |
|
|
|
(ރ) |
ކޮމެޓީގެ ފަންޑުން އެއްވެސް ޚަރަދެއް ކުރަން ހުއްދަ ދޭންވާނީ، އެ ކޮމެޓީގެ ރައީސް ނުވަތަ ކޮމެޓީން ކަނޑައަޅާ މެންބަރަކު ސޮއިކޮށްފައި ކައުންސިލަށް ފޮނުވާ މުދަލާއި ޚިދުމަތަށް އެދޭ ފޯމަކަށެވެ. |
|
|
|
(ބ) |
މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފޯމު ލިބުމުން، ފޯމުގައި ބަޔާންކޮށްފައިވާ ޚިދުމަތް ނުވަތަ ގަންނަން އެދޭ މުދާ، ގަވާއިދު ނަންބަރު 2017/R-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތަށް، ލަސްނުކޮށް ކައުންސިލުން ހޯދައިދޭންވާނެއެވެ. |
|
|
|
(ޅ) |
ވިޔަ މޮޑިއުލް ނުވަތަ ސެޕް ސިސްޓަމުގެ ތެރެއިން ޚަރަދުކުރުމަށް ގަވާއިދު ނަންބަރު 2017/R-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ބިލުތަކަށް ފައިސާދެއްކުމާއި، ހިސާބުތައް އަދާހަމަކުރުމަކީ، ކައުންސިލުން އެ މަސައްކަތް ކުރާ މުވައްޒަފުންގެ ޒިންމާއެކެވެ. |
|
|
|
(ކ) |
ކޮމިޓީގެ ފަންޑުން ޚަރަދު ކުރަންވާނީ، ކޮމިޓީގެ މަގުސަދުތައް ހާސިލުކުރުމަށް އެކުލަވައިލާ މަސައްކަތު ތާވަލާއި ބަޖެޓުގައި ބަޔާންކޮށްފައިވާ ހަރަކާތްތަކަށެވެ. |
|
|
|
(އ) |
ކޮމެޓީގެ ފަންޑުގެ ބަޖެޓް ރިޕޯޓް، ކައުންސިލުގެ ފަރާތުން، ކޮންމެ މަހަކު، އަންހެނުންގެ ކޮމެޓީއަށް ހަވާލުކުރަންވާނެއެވެ. |
|
ކޮމިޓީގެ ފައިސާއަށް ޒިންމާވުން |
(ހ) |
ކޮމެޓީގެ ފައިސާއާއި ހިސާބުތަކާ ހަވާލުވެ ހުންނަ ކައުންސިލުގެ އިދާރާގެ މުވައްޒަފަކު އޭނާއާ ޙަވާލުވެފައިވާ ފައިސާއާއި ހިސާބުތަކަށް ޒިންމާވާންޖެހޭނެއެވެ. އަދި އެފަދަ މުވައްޒަފަކަށް ކައުންސިލުގެ ވަޒީފާއިން ވަކިވެވޭނީ އޭނާ ޙަވާލުވެހުރި ފައިސާއާއި ހިސާބުތައް ކައުންސިލުން ކަނޑައަޅާ ފަރާތަކާ ޙަވާލުކުރުމަށްފަހުގައެވެ. |
||
|
|
(ށ) |
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 56-6 ވަނަ މާއްދާގެ (ކ) ގެ ބޭނުމަށް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އާމްދަނީ ހޯދުމުގެ ގޮތުންނާއި އަންހެނުންނަށް ވަޒީފާގެ ފުރުޞަތުތަކާއި ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ހިންގޭ ޙަރަކާތްތައް ހިންގިދާނެއެވެ. |
|
|
|
(ނ) |
މި މާއްދާގެ (ނ) ގައި ބުނާ ޙަރަކާތްތައް ހިންގުމަށާއި، ކޮމެޓީން ކުރިން ކުރަމުން ގޮސްފައިވާ ޙަރަކާތްތައް ހުއްޓުނަނުދީ ދެމެހެއްޓުމަށްޓަކައި، މާލީ މަންފާއެއް ލިބިދެވޭ ގޮތަށް މީހުން ޙަރަކާތްތެރިކުރެވިދާނެއެވެ. |
|
ފަސްވަނަ ބާބު ރިޕޯޓް ފޮނުވުމާއި ރިޕޯޓްކުރުން |
||||
ރިޕޯޓް ފޮނުވުމާއި ރިޕޯޓްކުރުން |
(ހ) |
ކޮމިޓީން ކޮންމެ އަހަރަކުމެ ޙާޞިލުކުރަން ކަނޑައަޅާ ލަނޑުދަނޑިތައް ކޮންމެ އަހަރެއްގެ ފުރަތަމަ މަހު އެކަށައަޅައި ޢާންމުކުރަންވާނެއެވެ. އަދި ފާއިތުވެދިޔަ އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކުގެ ތެރެއިން ޙާޞިލުކުރެވުނު މިންވަރާ ގުޅޭ ރިޕޯޓު އެކުލަވާލައި ކައުންސިލުން ކަނޑައަޅާ ތާރީޚަކަށް ހުށަހަޅަންވާނެއެވެ. |
||
|
|
(ށ) |
ކޮމިޓީގެ މަސައްކަތު ތާވަލާއި ބަޖެޓް އެކުލަވާލާ ކައުންސިލުން ކަނޑައަޅާ ތާރީޚަކަށް ކައުންސިލަށް ހުށަހަޅަން ވާނެއެވެ. |
|
|
|
(ނ) |
ކޮމިޓީގެ މާލިއްޔަތުގައިވާ ތަކެތީގެ އޯޑިޓް ހިސާބު ރަށު/ސިޓީ ކައުންސިލުގެ އޯޑިޓް ރިޕޯޓުގައި ހިމެނުމަށް ކައުންސިލުން ކަނޑައަޅާ ތާރީޚަކަށް ރަށު/ސިޓީ ކައުންސިލަށް ހުށަހަޅަންވާނެއެވެ. |
|
ހަވަނަ ބާބު މެމްބަރުންގެ ހާޟިރީ |
||||
ކޮމިޓީ މެމްބަރުންގެ ހާޒިރީ |
(ހ) |
ކޮމިޓީގެ މެމްބަރުންގެ ހާޒިރީއާ ގުޅޭގޮތުން ގަވާއިދު ނަންބަރު 2021/R-143 (ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ފަދައިން ޢަމަލުކުރަން ވާނެއެވެ. |
||
|
|
(ށ) |
އެއްވެސް މަގުބޫލު އުޒުރަކާހުރެ އެ ހަފްތާއަކު ހާޒިރީގައި ސޮއި ކުރުމަށް ހާޒިރުވެވެން ނެތްނަމަ އެކަމަށް ކަނޑައެޅިފައިވާ ދުވަހެއްގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ކޮމިޓީގެ ރައީސަށް ނުވަތަ ކޮމިޓީ ހިންގުމާ އެވަގުތަކު ހަވާލުވެ ހުރި މެމްބަރަކަށް އަދި ކައުންސިލުގެ ސެކެޓްރީ ޖެނެރަލްއަށް ލިޔުމުން އަންގަންވާނެއެވެ. |
|
|
|
(ނ) |
މި މާއްދާގެ (ށ) ގައި މަގުބޫލު އުޒުރެއްކަމަށް ބަޔާންކޮށްފައި އެވަނީ، ކޮމިޓީގެ އެއްވެސް މެންބަރަކު، ނުވަތަ މެންބަރެއްގެ ފިރިމީހާ، ނުވަތަ ދަރިއަކު، ނުވަތަ މަންމަ، ނުވަތަ ބައްޕަ، ނުވަތަ އެއްބަނޑުއެއްބަފާ، ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހަކު ނުވަތަ ޝަރުޢީގޮތުން ބަލަދުއަރައިފައިވާ މީހަކު ބަލިވުމުން ނުވަތަ ރަސްމީ ބޭނުމަކަށް ވީއްލުމުގެ ސަބަބުން ހާޒިރު ނުވެވުމަށް ނުވަތަ މެންބަރެއްގެ އަމިއްލަ ބޭނުމަކު ކޮމެޓީން ނިންމައިގެން ރަށުން ބޭރުގައި ހުންނަ ހުރުމަށެވެ. |
|
ކޮމިޓީގެ ބައްދަލުވުންތަކުގެ ހާޒިރީ |
ކޮމިޓީގެ ބައްދަލުވުމެއްގައި އެއްވެސް މަޤުބޫލު އުޒުރަކާހުރެ އެއްވެސް މެމްބަރަކަށް ބައިވެރިނުވެވޭނަމަ ވީ އެންމެ އަވަހަކަށް ކޮމިޓީގެ ރައީސަށް އަދި ކައުންސިލުގެ ސެކެޓްރީ ޖެނެރަލްއަށް ލިޔުމުން އެކަން އަންގަންވާނެއެވެ. |
|||
|
|
(ހ) |
މި މާއްދާގެ (ހ) ގެ ބޭނުމަށް މަޤުބޫލު އުޒުރެއްކަމަށް ބެލެވޭނީ، ތިމާ ނުވަތަ ބަލަންޖެހޭ މީހަކު ބަލިވެގެން ނުވަތަ ކޮމިޓީން ޤަބޫލުކުރާ އެނޫންވެސް ސަބަބެއް މެދުވެރިވެގެންނެވެ. |
|
|
|
(ށ) |
ކޮމިޓީގެ ބައްދަލުވުމެއްގައި އެއްވެސް މަޤުބޫލު އުޒުރަކާހުރެ ބައްދަލުވުމެއްގައި ބައިވެރިނުވެވޭނަމަ ވީ އެންމެ އަވަހަކަށް ކޮމިޓީގެ ރައީސަށް އަދި ކައުންސިލުގެ ސެކެޓްރީ ޖެނެރަލްއަށް ލިޔުމުން އެކަން އަންގަންވާނެއެވެ. |
|
|
|
(ނ) |
ކޮމިޓީގެ މެންބަރަކު 1 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ރަށުން ބޭރަށް ދާންޖެހިއްޖެ ހިނދެއްގައި އެ މެންބަރެއްގެ މަސްއޫލިއްޔަތު، ކޮމިޓީގެ މަޝްވަރާއާއެކު ލިޔުމަކުން އެހެން މެންބަރަކާ ޙަވާލުކުރަން ވާނެއެވެ. |
|
ހަތްވަނަ ބާބު އެހެނިހެން ކަންކަން
|
||||
ކޮމިޓީގެ އިދާރީ ހިންގުން |
(ހ) |
ކޮމިޓީގެ އިދާރީ އެންމެހާ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތަކާއި ކޮމިޓީގެ މަސައްކަތްތައް ކުރުމަށް ބޭނުންވާނެ އިދާރީ އިންތިޒާމު ކައުންސިލުގެ ރައީސް ހަމަޖައްސައި ދޭންވާނެއެވެ. މިގޮތުން ކޮމިޓީގެ އިދާރީ އަދި މާލީ މަސައްކަތްތައް ކަނޑައަޅާ ކައުންސިލުގެ މުވައްޒަފުންގެ ވަޒީފާ ބަޔާނުގައި ހިމަނާ، ޒިންމާ ޙަވާލުކުރަންވާނެއެވެ. |
||
|
|
(ށ) |
ކޮމިޓީގެ އިދާރީ އަދި މާލީ އެންމެހައި ލިޔެކިޔުންތައް ކައުންސިލުގެ އެހެނިހެން ލިޔުންތަކެކޭ އެއް އުޞޫލުން ރައްކާތެރިކަމާއި ޒިންމާދާރުކަމާއެކު ކައުންސިލުން ބަލަހައްޓަންވާނެއެވެ. އަންހެނުންގެ ކޮމިޓީގެ އެންމެހައި ލިޔެކިޔުން ހުންނަންވާނީ އެ ކޮމިޓީގެ ބޭނުންތަކަށް ފަސޭހަކަމާއެކު ލިބޭނެހެން އިންތިޒާމްކުރެވިފައެވެ. |
|
|
|
(ނ) |
ކޮމިޓީގެ ބައްދަލުވުންތަކުގައި ކައުންސިލުގެ އިދާރާގެ ޒިންމާދާރުވެރިޔާ ނުވަތަ އެ މަޤާމުގެ މަސްއޫލިއްޔަތުތަކާ އެވަގުތަކު ޙަވާލުވެހުރި ކައުންސިލުގެ އިދާރާގެ މުވައްޒަފު ނުވަތަ ކޮމިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ކައުންސިލުން ކަނޑައަޅާ މުވައްޒަފަކު ބައިވެރިވާންވާނެއެވެ. ނަމަވެސް އެ ފަރާތަކަށް ކޮމިޓީން ނިންމާ ކަންކަމުގައި ވޯޓެއް ނުދެވޭނެއެވެ. |
|
|
|
(ރ) |
ކޮމިޓީގެ ޙަރަކާތައް ގިނަވެ އާމްދަނީ އިތުރުވެ އިދާރީ މަސައްކަތްތައް އިތުރުވެއްޖެނަމަ ކައުންސިލުގެ މަޝްވަރާގެ މަތިން ކޮމިޓީގެ މާލީ ތަނަވަސްކަން ހުރިނަމަ ކޮމިޓީގެ ޙަރަކާތްތަކުގެ އިދާރީ މަސައްކަތްތަކަށް މުވައްޒަފުންނެގިދާނެއެވެ. |
|
ޖަވާބުދާރީވުން |
ކޮމެޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލަށް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ކޮމެޓީން ޖަވާބުދާރީވާންވާނެއެވެ. |
|||
ކޮމިޓީގެ ނަމުގައި ސޮއިކުރުން |
ކޮމިޓީން އެކި ފަރާތްތަކަށް ފޮނުވާ ސިޓީއާއި ރިޕޯޓު އަދި މި ނޫންވެސް ރަސްމީ ލިޔުންތަކުގެ އިތުރުން ކޮމެޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ބޭނުންވާ މުދަލާއި ޚިދުމަތްތަކަށް އެދޭ ލިޔުންތަކުގައި ސޮއިކުރާނީ ކޮމިޓީގެ ރައީސެވެ. ކޮމިޓީގެ ރައީސް ނެތް ހިނދެއްގައި ކޮމިޓީގެ ނައިބު ރައީސެވެ. ނުވަތަ ކޮމިޓީ ހިންގުމާ އެވަގުތަކު ޙަވާލުވެހުރި މެންބަރެވެ. |
|||
ކޮމިޓީގެ ލެޓަރ ހެޑާއި ސިއްކަ |
(ހ) |
ކޮމިޓީން ފޮނުވާ ލިޔެކިޔުންތަކުގައި ބޭނުންކުރާނީ މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ނަމޫނާ ލެޓަރ ހެޑްއެވެ. |
||
|
|
(ށ) |
ކޮމިޓީގެ ސިއްކައިގެ ގޮތުގައި ބޭނުންކުރާނީ ކައުންސިލުގެ ސިއްކައެވެ. |
|
ކޮމިޓީ މަސައްކަތްކުރާ ތަން |
ކޮމިޓީގެ މަސައްކަތްތައް ކުރާނީ، ކައުންސިލުގެ އިދާރާގައެވެ. |
|||
ގަވާއިދު އިޞްލާހުކުރުން |
މި ގަވާއިދު އިޞްލާޙުކުރުމުގެ ބާރު ކޮމިޓީއަށް ލިބިގެންވެއެވެ. |
|||
ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ ޢަމަލު ކުރާނޭ ގޮތް |
މި ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއް ނިންމާނީ، އެ ކޮމިޓީއަކާއި، ރަށު/ސިޓީ ކައުންސިލާ މަޝްވަރާކުރުމަށްފަހު ލޯކަލް ގަވަރމަންޓް އޮތޯރިޓީންނެވެ. |
|||
އިޖުރާއީ ގަވާއިދާ އެއްވެސް މާއްދާއެއް ފުށޫއެރުން |
މި ގަވައިދުގައި ބަޔާންކޮށްފައިވާ އެއްވެސް މާއްދާއެއް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވައިދާ ފުށޫއަރައިފިނަމަ އިސްކަންދެވޭނީ ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވައިދު އަށެވެ. |
|||
މާނަ ކުރުން |
(ހ) |
"އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ" ނުވަތަ "ކޮމިޓީ": މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ "އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ" ނުވަތަ "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ ދަށުން އިންތިޚާބުކުރެވިފައިވާ އއ.މާޅޮހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށެވެ. |
||
|
|
(ށ) |
"ކައުންސިލް" މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ މި ގަވާއިދުގައި "ކައުންސިލް"ކަމަށް ބުނެފައި އެވަނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލަށެވެ. |
|
|
|
(ނ) |
"ވިޔަ މޮޑިއުލް" މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ މި ގަވާއިދުގައި "ވިޔަ މޮޑިއުލްކަމަށް ބުނެފައި އެވަނީ، ކައުންސިލުތަކުގެ މާލީ ކަންކަން ބެހެލެއްޓުމަށް އެކުލަވާލާފައިވާ ޕޯޓަލްއަށެވެ. |