ވަޒީފާގެ ފުރުޞަތު
ނަންބަރު: 144-A/2014/999
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 09:06
ސުންގަޑި:
04 އޮކްޓޫބަރު 2014 14:30
ސިވިލް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ
އިޢުލާން
- މަޤާމު: އެސިސްޓެންޓް ލީގަލް އޮފިސަރ
- ރޭންކް: LS2
- ބޭނުންވާ އަދަދު: 1
- މަސައްކަތް ކުރަންޖެހޭތަން: ސިވިލްކޯޓު، މާލެ
- މުސާރަ: -/9412 (ނުވަހާސް ހަތަރު ސަތޭކަ ބާރަ ރުފިޔާ)
- ސަރވިސް އެލަވަންސް: -/3000 (ތިންހާސް ރުފިޔާ)
- ޖުޑީޝަލް އެލަވަންސާއި އިތުރަޑީގެ ފައިސާ: މުސާރައިގެ %55 އަދި ހުއްދަ ލިބިގެންވާ އިތުރުގަޑީގައި ކުރެވޭ މަސައްކަތް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢާ އެންޑް ލޯ ނުވަތަ ލޯއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
- ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޝަރީޢަތާ ގުޅުންހުރި މަސައްކަތްތައް.
- ވަޒީފާގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން: ވަޒީފާއަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއްއަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި
- ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭ ފޯމު.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ސެޓްފިކެޓް ލެވެލުން މަތީ ސެޓްފިކެޓްތައް ހުށަހަޅަންވާނީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީއެވެ. މިގޮތުން، އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.)
- ވަޒީފާއަށްއެދި ހުށަހަޅާއިރު، ފުރިހަމަކުރި ކޯހަކާ ގުޅިގެން ލިބެންޖެހޭ ތަޢުލީމީ ސެޓްފިކެޓެއް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، ޓްރާންސްކްރިޕްޓާއި، އެ ކޯހަކީ އެމް.ކިއު.އޭ ގަބޫލުކުރާ ކޯހެއްކަމަށް އެމް.ކިއު.އޭއިން އެފަރާތަކަށް ދޫކޮށްފައިވާ ލިޔުމަކާއެކު ހުށައެޅުމުން އެ ސެޓްފިކެޓަށް މާކްސް ދެވޭނެއެވެ.
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.
- ވަޒީފާ އަދާކުރާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން. (ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ، ރޭންކާއި، ވަޒީފާގެ މަސްޢޫލިއްޔަތު އެނގޭނެގޮތަށް)
- ބޮންޑެއް އޮތް ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
ސުންގަޑި: މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު، 2014 ނޮވެންބަރު 4 ވާ އަންގާރަދުވަހުގެ 14:30 ގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅުން އެދެމެވެ.
އިތުރު މަޢުލޫމާތު:
- މި އިޢުލާނާ ގުޅިގެން ހުށަހަޅާ ތަޢުލީމީ ސެޓްފިކެޓްތައް އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ލިޔެ ސޮއިކޮށް ތައްގަނޑުޖަހާފައި ނުވާނަމަ، އެފަދަ ސެޓްފިކެޓްތައް ޤަބޫލެއް ނުކުރެވޭނެއެވެ.
- މި މަޤާމުތަކުގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.
- ވަޒީފާއަށް އެދޭ ފޯމު، ސިވިލް ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ފޯމް، ސިވިލް ކޯޓުގެ ވެބްސައިޓް، www.civilcourt.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ.
27 ޛުލްޙިއްޖާ 1435
21 އޮކްޓޫބަރު 2014