ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރު: B2/2014/42-ފ373 (23 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް، މި އިދާރާގައި އައި.ޑީ ކާޑު ހެއްދުމުގެ ޚިދުމަތް ދޭން ފެށުމަށް (ކަލެކްޓިންގ ޕޮއިންޓެއް ޤާއިމުކުރުމަށް) ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ އަލުން އިޢުލާން ކުރަމެވެ.
- 1- ފިންގަރޕްރިންޓް ކެޕްޗަރ ޑިވައިސް
- 1- ސިގްނޭޗަރ ޕެޑް
- 1- ޑިޖިޓަލް ކެމެރާ
ވީމާ، މިތަކެތި މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ހޯއްދަވައިދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 އޮކްޓޫބަރު 2014ވާ އަންގާރަ ދުވަހުގެ 14:00އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 30 އޮކްޓޫބަރު 2014ވާ ބުރާސްފަތި ދުވަހުގެ 14:00އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި، ސިޓީއުރައިގެ ބޭރުގައި "އައި.ޑީ ކާޑު ޚިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ހޯދައިދިނުމަށް އެދި" މިހެން ލިޔުމަށްފަހުގައެވެ.
ތިރީގައިވާ ޙާލަތްތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
- މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ބޭފުޅުންގެ އަންދާސީހިސާބުތައް.
- ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް.
- ގަޑި ޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް.
- މަޢުލޫމަތު ފުރިހަމަމަނުވާ އަންދާސީހިސާބުތައް.
- މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް.
- މި އިދާރާއިން އަންދާސީހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީހިސާބުތައް.
އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީ މިއިދާރާގެ 6740015 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25 ޛުލްޙިއްޖާ 1435