ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކޯޕަރޭޝަންގެ ޕްރޮޑަކްޝަން ފެސިލިޓީއަށް ބޭނުންވާ ސިމެންތި ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނެންވެއެވެ.
ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 29 އޮކްޓޫބަރު 2014 އިން 02 ނޮވެންބަރު 2014 އަށް އޮފީސް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އާއި 14:00 އާ ދެމެދު ގަންނަން ބޭނުންވާ ފަރާތުގެ ލިޔުމަކާއެކު -/1,500 ރުފިޔާއަށެވެ. އަދި މިފައިސާއަކީ ރީފަންޑް ކުރެވޭނެ ފައިސާއެއް ނޫނެވެ. އަދި ބީލަން ފޮތާބެހޭ މަޢުލޫމާތު މިކޯޕަރޭޝަންގެ ވެބްސައިޓް www.mrdc.com.mv އިން ފެނިވަޑައިގަންނަވާނެއެވެ.
ޕްރީ-ބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 06 ނޮވެންބަރު 2014 ވަނަ ދުވަހުގެ 13:00 ގައެވެ. އަދި ބީލަން ފޮތް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ޕްރީ-ބިޑް މީޓިންގގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން ވަޑައިގަތުމަކީ އެދެވިގެންވާ ކަމެކެވެ.
ބިޑް ހުށަހޅުއްވާނީ 13 ނޮވެންބަރު 2014 ގެ 13:00 އަށެވެ. އަދި ބިޑް ހުށަހަޅުއްވާނީ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާ އެއްގޮތަށް ތިރީގައި މިވާ އެޑްރެހަށެވެ.
ބީލަން ހުށަހަޅުއްވާނީ ޓެކްނިކަލް އޮފަރ އަދި ކޮމާޝަލް އޮފަރ ވަކިން ދެސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ކޮންމެ ސިޓީއުރައެއްގައި އޮރިޖިނަލަކާއި ކޮޕީއެއް ހިމަނަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި "އެމް.އާރ.ޑީސީ އަށް ސިމެންތި ސަޕްލައިކުރުން: 13 ނޮވެންބަރު 2014 ގެ 13:00 ގެ ކުރިން ނުހުޅުވުން އެދެން" މިހެން ލިޔެފައި ފޮނުއްވާނީ ތިރީގައި މިވާ އެޑްރެހަށެވެ.
މެނޭޖިންގ ޑިރެކްޓަރ
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ބްލޮކް# 385، މާފަތްތަކުރުފާނުމަގު
މައްޗަންގޮޅި، ޕޯސްޓަލް ކޯޑް: 20386،
މާލެ، ދިވެހިރާއްޖެ
ބީލަން ހުށަހަޅާ ފަރާތުގެ ޓެކްނިކަލް އޮފަރ ހުޅުވާނީ 13 ނޮވެންބަރު 2014 ގެ 13:00 ގައި މިކޯޕަރޭޝަންގެ މައި އިދާރާގެ ކޮންފަރެންސް މާލަމުގައެވެ. ބީލަން ފޮތް ގަނެފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ބައިވެރިއެއް ނުވެވޭނެއެވެ.
ޓެކްނިކަލް އިވެލުއޭޝަނަށްފަހު ރިޕޯޓް ތައްޔާރުވުމުން، ކޮލިފައިވެފައިވާ ފަރާތްތަކުގެ ކޮމާޝަލް އޮފަރ ހުޅުވާނެ ތާރީޚާއި ގަޑި އަދި ތަނެއްގެ މަޢުލޫމާތު އެންގޭނެއެވެ. އަދި ޑިސްކޮލިފައިވާ ފަރާތްތަކުގެ ކޮމާޝަލް އޮފަރ ނުހުޅުވައި ރައްދުކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ޓެންޑަރ އިވެލުއޭޝަން ކޮމިޓީން ކޮމާޝަލް އޮފަރތައް އިވެލުއޭޓް ކުރުމަށްފަހު ބީލަން ކާމިޔާކުރައްވާ ފަރާތަކާ މަސައްކަތް ހަވާލުކުރާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ތިރީގައި މިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
ފޯން: 3320657 960+ ނުވަތަ 3312904 960+
ފެކްސް: 3317133 960+
އީ-މެއިލް: [email protected]
ވެބްސައިޓް: www.mrdc.com.mv
26 ޛުލްޙިއްޖާ 1435